|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
ކޯޕަރޭޓް ކޮންސަލްޓަންޓް
|
|
ވަޒީފާގެ ދާއިރާ:
|
ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް (01 އަހަރު)
|
|
މުސާރަ:
|
މަސައްކަތު ތަޖުރިބާ އަދި ތައުލީމީ ފެންވަރު ބެލުމަށްފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން.
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު ޕޮލިސީ ޑްރާފްޓިންގ އަދި ރިސާރޗްގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކުންފުނީގައި އެކުލަވާލާފައިވާ ޕޮލިސީތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި އަދި ދިރާސާ ރިޕޯރޓުތައް ވެރިންނާ ހިއްޞާކޮށް ވެރިންގެ އިރުޝާދުގެ ދަށުން ޕޮލިސީތައް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކުންފުނީގެ މަސައްކަތްތަކާއި ސިޔާސަތުތައް ތަންފީޒުކުރުމަށް ކުންފުނިން ކަނޑައަޅަންޖެހޭ އުޞޫލުތަކާއި ޕްލޭންތަކާއި އެސް.އޯ.ޕީ ތައް ހެދުމުގެ މަސައްކަތްތައް ވެރިންގެ އިރުޝާދުގެ ދަށުން ކުރުން.
- ކުންފުނި ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި އަދި މިންގަނޑުތަށް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ދިރާސާކޮށް އެމައުލޫމާތު ލީގަލް ޔުނިޓަށް ހިއްޞާކޮށް ގަވާއިދުތަކާއި، އުސޫލުތަކާއި އަދި މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ކުރުން.
- ކުންފުނީގެ ގަވާއިދުތަކާއި، އުސޫލުތަކާއި އަދި މިންގަނޑުތަކަށް ގެނެވޭ ބަދަލުތަކާ އެއްގޮތަށް ޕޮލިސީ ތަންފީޒުކުރެވޭތޯ މޮނިޓަރކޮށް އެކަން އިސްވެރިންނާއި ޙިއްސާކޮށް ވެރިންގެ ލަފާގެދަށުން އެމަސައްކަތް ކުރުން.
- ޕޮލިސީގެ ސަބަބުން މުހިންމު ވޭރިއެބްލްސްތަކަށް އަންނާނޭ އިމްޕެކްޓްތައް އެނަލައިޒް ކުރުން.
- ތަފާތު ޕޮލިސީ ކޮމްޕޯނަންޓްސްތަކަށް ބަދަލު ގެނައުމުން އޯވަރޯލް ޑައިނެމިކްސްއަށް އަންނާނޭ ބަދަލުތައް އެނަލައިޒް ކުރުން.
- ޕޮލިސީ ތަންފީޒުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެނަލައިޒް ކުރުން.
- ކުންފުނީގެ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް ތަޢާރަފު ކުރަންޖެހޭ އާ ރޫލްސްތަކާއި މިންގަނޑުތަކުގެ އިމްޕެކްޓް އެނަލިސިސް ހެދުން.
- ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭން އަދި އެކްޝަން ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްކުރުން.
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
30 މާރިޗު 2026 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 30 މާރިޗު 2026 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މި މަޤާމަށް ހަމަޖެއްސުމުގައި ވަކިވަކި ފަރުދުންނަށް އިސްކަން ދެވޭނެ.
|
|
07 ޝައްވާލް 1447
26 މާރިޗު 2026
|