ދިވެހިރާއްޖެ
އިޢުލާނު
ބޭބީ ނާސަރީ ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ
މިއިދާރާގެ ބެލުމުގެ ދަށުން ހިންގައި ބޭބީ ނާސަރީގައި ތިބޭ ކުދިން ބަލަހައްޓައިދީ އެކުދިންނަށް ފޯރުކޮށްދޭން ޖެހޭ ތަރުބިއްޔަތު ދޭނެ 2 ފަރާތެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ފޯމާއި، ބިޑް ރަޖިސްޓްރޭޝަން ފޯމު މި އިއުލާނާއި އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
- ބީލަމުގައި ރަޖިސްޓްރީވުން:
- ބީލަމުގައި ރަޖިސްޓްރީ ވުމަށް -/150 ރ (ސަތޭކަ ފަންސާސް ރުފިޔާ) ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ވާނެއެވެ.
- މި ބީލަމުގައި ބައިވެރި ވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ރެޖިސްޓްރޭޝަން ފީ މިއިދާރާގެ ނަންބަރު: 001 700293 7725 (1443 ރެވެނިއު 1) އަށް ޖަމާކޮށް ޓްރާންސްފާ ސްލިޕް މިއިދާރާގެ ރަސްމީ އީމެއިލް އެޑްރެސް [email protected])) އަށް މެއިލްކުރުމަށްފަހު މި އިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ "ފޯމް" ފުރިހަމަކޮށް މި އިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވިކަމަށް ޔަޤީން ކުރަންވާނީ ރަޖިސްޓްރީ ވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.
- ރަޖިސްޓްރީ ވުމުގެ ސުންގަޑި: 2026 އެޕްރީލް 1 ވާ ބުދަ ދުވަހުގެ 13:00 އަށް
2. ބީލަން ހުށަހެޅުމާއި ހުޅުވުން:
- 2026 އެޕްރީލް 2 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކިނބިދޫ ކައުންސިލް އިދާރާގެ މީޓިން ހޯލްގައި
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 އެޕްރީލް 2 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ބިޑު ހުށަހެޅުންވުން އެދެމެވެ. އަދި ކޯޓޭޝަނާއެކު ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ، އަދި ބަދަލުގައި ފޮނުވާ ފަރާތެއްނަމަ ޕަވަރ އޮފް އެޓާރނީ ދިންކަމުގެ ލިޔުމާއި އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.
6 ޝައްވާލު 1447
