ބީލަން
ނަންބަރު: (IUL)393/393/2026/16
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 02 އޭޕްރިލް 2026 13:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޭބީ ނާސަރީ ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާނު

ބޭބީ ނާސަރީ ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

     މިއިދާރާގެ ބެލުމުގެ ދަށުން ހިންގައި ބޭބީ ނާސަރީގައި ތިބޭ ކުދިން ބަލަހައްޓައިދީ އެކުދިންނަށް ފޯރުކޮށްދޭން ޖެހޭ ތަރުބިއްޔަތު ދޭނެ 2 ފަރާތެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

      މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ފޯމާއި، ބިޑް ރަޖިސްޓްރޭޝަން ފޯމު މި އިއުލާނާއި އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

  1.  ބީލަމުގައި ރަޖިސްޓްރީވުން:
  • ބީލަމުގައި ރަޖިސްޓްރީ ވުމަށް -/150 ރ (ސަތޭކަ ފަންސާސް ރުފިޔާ) ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ވާނެއެވެ.
  • މި ބީލަމުގައި ބައިވެރި ވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ރެޖިސްޓްރޭޝަން ފީ މިއިދާރާގެ  ނަންބަރު:  001 700293 7725 (1443 ރެވެނިއު 1) އަށް ޖަމާކޮށް ޓްރާންސްފާ ސްލިޕް މިއިދާރާގެ ރަސްމީ އީމެއިލް އެޑްރެސް [email protected])) އަށް މެއިލްކުރުމަށްފަހު މި އިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ "ފޯމް" ފުރިހަމަކޮށް މި އިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވިކަމަށް ޔަޤީން ކުރަންވާނީ ރަޖިސްޓްރީ ވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.

 

  • ރަޖިސްޓްރީ ވުމުގެ ސުންގަޑި: 2026 އެޕްރީލް 1 ވާ ބުދަ ދުވަހުގެ 13:00 އަށް

2. ބީލަން ހުށަހެޅުމާއި ހުޅުވުން:

  •   2026 އެޕްރީލް 2 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކިނބިދޫ ކައުންސިލް އިދާރާގެ މީޓިން ހޯލްގައި

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 އެޕްރީލް 2 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ބިޑު ހުށަހެޅުންވުން އެދެމެވެ. އަދި ކޯޓޭޝަނާއެކު ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ، އަދި ބަދަލުގައި ފޮނުވާ ފަރާތެއްނަމަ ޕަވަރ އޮފް އެޓާރނީ ދިންކަމުގެ ލިޔުމާއި އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

          6 ޝައްވާލު 1447

25 މާރިޗު 2026