ދިވެހިރާއްޖެ
ތިލަފުށީގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު
ތިލަފުށި ކޯޕަރޭޝަނުން ކ.ތިލަފުށިން ލިބޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ތިލަފުށި-1 އަދި ތިލަފުށި-2 ގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ދަޢުވަތު ހުޅުވާލަމެވެ.
ޝައުޤުވެރިކަން ފާޅުކުރުމަށް ހުށަހަޅުއްވާ ސިޓީއާއެކު ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.
ހ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޕްރޮފައިލާއި ތަޖުރިބާ
ށ. ޚިދުމަތް ދިނުމަށް ހުށަހަޅާގޮތުގެ ކޮންސެޕްޓް
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ކަރުދާސް ދޫކުރުން |
ޓީސީއެލް ހެޑްއޮފީސް |
އާދީއްތަ - އަންގާރަ |
20 ޑިސެންބަރު 2015 އިން 22 ޑިސެންބަރު 2015 އަށް |
10:00 އިން ފެށިގެން |
އީ.އޯ.އައި ހުށަހެޅުން |
ޓީސީއެލް ހެޑްއޮފީސް |
ބުރާސްފަތި |
24 ޑިސެންބަރު 2015 |
10:00 ގައި |
ހުށަހަޅުއްވާ އީ.އޯ.އައި އަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމަށް އެދި ޝައުޤުވެރިވާކަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ތިރީގައި ބަޔާންކުރެވިފައިވާ ފަދައިން ލިޔުއްވުމަށްފަހު، 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ.
“EOI FOR THE PROVISION OF PUBLIC TRANSPORT SERVICE TO K.THILAFUSHI”
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ
އަމީނީމަގު، މައްޗަންގޮޅި ، މާލެ، 20375
ފޯން: 3307513 ، 3307515 ފެކްސް: 3307514
އީ.މެއިލް: [email protected]