މަސައްކަތް
ނަންބަރު: TCL/PROC-TA/2015/043
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 22 ޑިސެންބަރު 2015 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށީގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ދިނުމަށް އީ.އޯ.އައި ހުށަހެޅުމުގެ ފުރުޞަތު

ތިލަފުށީގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު

ތިލަފުށި ކޯޕަރޭޝަނުން ކ.ތިލަފުށިން ލިބޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ތިލަފުށި-1 އަދި ތިލަފުށި-2 ގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ދަޢުވަތު ހުޅުވާލަމެވެ.

ޝައުޤުވެރިކަން ފާޅުކުރުމަށް ހުށަހަޅުއްވާ ސިޓީއާއެކު ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.

ހ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޕްރޮފައިލާއި ތަޖުރިބާ

ށ. ޚިދުމަތް ދިނުމަށް ހުށަހަޅާގޮތުގެ ކޮންސެޕްޓް

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

އާދީއްތަ - އަންގާރަ

20 ޑިސެންބަރު 2015 އިން

22 ޑިސެންބަރު 2015 އަށް

10:00 އިން ފެށިގެން

އީ.އޯ.އައި ހުށަހެޅުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

24 ޑިސެންބަރު 2015

10:00 ގައި

ހުށަހަޅުއްވާ އީ.އޯ.އައި އަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމަށް އެދި ޝައުޤުވެރިވާކަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ތިރީގައި ބަޔާންކުރެވިފައިވާ ފަދައިން ލިޔުއްވުމަށްފަހު، 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ.

“EOI FOR THE PROVISION OF PUBLIC TRANSPORT SERVICE TO K.THILAFUSHI”

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

އަމީނީމަގު، މައްޗަންގޮޅި ، މާލެ، 20375

ފޯން: 3307513 ، 3307515 ފެކްސް: 3307514

އީ.މެއިލް: [email protected]

17 ޑިސެންބަރު 2015