ދިވެހިރާއްޖެ
މިކައުންސިލަށް ޕިކަޕެއް ގަތުމަށް ބޭނުންވެއްޖެއެވެ. ތިރީގައި މިދަންނަވަނީ އިތުރު މަޢުލޫމާތެވެ.
ބޭނުންވާ އަދަދު: 1
ބޭނުންވާ ޓަނޭޖު: 1.5 ޓަނުގެ ޕަވަރގޭޓް
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެފަރާތްތަކުގެ މަޢުލޫމާތު މިކައުންސިލްގެ މެއިލް [email protected] އަށް 21 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން މެއިލް ކުރެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގެ 9:00 ން 13:00 އަށް މިކައުންސިލްގެ މެންބަރު ޙަސަން ފަރީދު (ފޯނު ނަންބަރު 9740224) އަށެވެ. ޕިކަޕް ވިއްކުމަށް އެދޭ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މި އިދާރާގައެވެ. ޕިކަޕް ވިއްކުމަށް އެދި ހުށަހަޅާ އަންދާސީހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "މާއުނގޫދޫ ކައުންސިލަށް ޕިކަޕް ވިއްކުމަށް" މިހެން ލިޔެފައި އޮންނާންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުނުކުރައްވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
27 ސަފަރ 1437