ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)282/282/2015/51
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 21 ޑިސެންބަރު 2015 10:30
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ހޯދުން

މިކައުންސިލަށް ޕިކަޕެއް ގަތުމަށް ބޭނުންވެއްޖެއެވެ. ތިރީގައި މިދަންނަވަނީ އިތުރު މަޢުލޫމާތެވެ.

ބޭނުންވާ އަދަދު: 1

ބޭނުންވާ ޓަނޭޖު: 1.5 ޓަނުގެ ޕަވަރގޭޓް

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެފަރާތްތަކުގެ މަޢުލޫމާތު މިކައުންސިލްގެ މެއިލް [email protected] އަށް 21 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން މެއިލް ކުރެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގެ 9:00 ން 13:00 އަށް މިކައުންސިލްގެ މެންބަރު ޙަސަން ފަރީދު (ފޯނު ނަންބަރު 9740224) އަށެވެ. ޕިކަޕް ވިއްކުމަށް އެދޭ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މި އިދާރާގައެވެ. ޕިކަޕް ވިއްކުމަށް އެދި ހުށަހަޅާ އަންދާސީހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "މާއުނގޫދޫ ކައުންސިލަށް ޕިކަޕް ވިއްކުމަށް" މިހެން ލިޔެފައި އޮންނާންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުނުކުރައްވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

27 ސަފަރ 1437

09 ޑިސެންބަރު 2015