ދިވެހިރާއްޖެ
ސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން 2015 ވަނަ އަހަރު (މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް) ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް: - (ސެޕްޓެމްބަރ 2015) އިތުރުވެފައިވާ ސްލޮޓްތައް |
|||||||||||||||||||||||||||||
ސްކިލްސް ޝޯޓޭޖް ލިސްޓުގައި ހިމެނޭ ދާއިރާގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން |
ކޯހުގެ ދާއިރާ: |
||||||||||||||||||||||||||||
|
ފުރުޞަތުތަކުގެ ތަފުސީލު |
||||||||||||||||||||||||||||
މި ސްކީމުން ލޯނު އެހީދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ. ހ. އެހީއަށް އެދި ހުށަހަޅާ ދަރިވަރަކީ މިހާރު މަތީ ތަޢުލީމު ހާސީލުކުރަމުންދާ ދަރިވަރެއްކަމުގައިވުން. މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއް ކަމުގައި ބެލޭނީ، 1 ޑިސެންބަރު 2015 ގެ ކުރިން ކިޔެވުން ފެށިފައިވާ ދަރިވަރުންނެވެ. ށ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ މަރުކަޒަކުން ވެލިޑޭޓްކުރާ ކޯހެއް ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވުން. މެޑިކަލް ދާއިރާއިން އިންޓާރންޝިޕް ހަދާދަރިވަރުން ވެސް މީގެތެރޭގައި ހިމެނޭނެއެވެ. ނ. ފުލްޓައިމް ކޯހެއްގައި ތަޢުލީމު ހާސިލުކުރާ ދަރިވަރެއްކަމުގައިވުން. ރ. ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ސްކިލްސް ޝޯޓޭޖް ލިސްޓުގައި ފާހަގަކޮށްފައިވާ ކޯހެއް ފުރިހަމަކުރާ ދަރިވަރަކަށްވުން. ބ. މިހާރު ހާސިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއްކަމުގައިވުން. ޅ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހިލޭ އެހީގެ ގޮތުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރަކު ކަމުގައިނުވުން. ކ. ލޯނުއެހީ ލިބިގެން ކިޔަވާ ނިމިފައިވާ ދަރިވަރެއްނަމަ ލޯނު ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން އ. ލޯނުއެހީއަށް އެދި ހުށަހަޅާ ކޯހަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކްގެ ލެވެލް 5 – 9 ގެ ކޯހެއްކަމުގައިވުން (ސްލޮޓްތައް ބެހިފައިވާ ގޮތުގެމަތިން) ވ. ޢުމުރުން 18 އަހަރު ފުރިފައިވުން. (18 އަހަރު ނުވާ ދަރިވަރުންގެ ލޯނުގެ ޒިންމާ ނަގަންވާނީ ޝަރުޢީ ބެލެނިވެރިއެކެވެ.) މ. ދިވެހި ރައްޔިތެއްކަމުގައިވުން. |
ޝަރުޠުތައް |
||||||||||||||||||||||||||||
|
އިތުރު މަޢުލޫމާތު: |
||||||||||||||||||||||||||||
|
ހުށަހަޅަންޖެހޭ ތަކެތި: |
||||||||||||||||||||||||||||
އެޕްލިކޭޝަންފޯމު ދޫކުރުމާއި އަދި ބަލައިގަތުން އޮންނާނީ 8 ޑިސެންބަރު 2015 އިން ފެށިގެން 17 ޑިސެންބަރު 2015 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހުގެ 13:30 އަށް، ވެލާނާގޭގެ 2 ވަނަ ތަޅުމުގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުންނެވެ. އަދި އެޕްލިކޭޝަންފޯމު 8 ޑިސެންބަރު 2015 އިން ފެށިގެން މިޑިޕާޓްމަންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިޑިޕާޓްމަންޓްގެ ވެބްސައިޓަކީ: www.dhe.gov.mv އެވެ. |
އެޕްލިކޭޝަންފޯމު ދޫކުރުމާއި ބަލައިގަތުން: |
||||||||||||||||||||||||||||
އިތުރު މަޢުލޫމާތު: އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341327، 3341381 ފޯން ނަންބަރަށެވެ. |