ތަމްރީނު
ނަންބަރު: (IUL)166-schol/166/2015/147
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 17 ޑިސެންބަރު 2015 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތު (މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންނަށް)

ސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން 2015 ވަނަ އަހަރު (މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް) ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް: - (ސެޕްޓެމްބަރ 2015) އިތުރުވެފައިވާ ސްލޮޓްތައް

ސްކިލްސް ޝޯޓޭޖް ލިސްޓުގައި ހިމެނޭ ދާއިރާގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން

ކޯހުގެ ދާއިރާ:

ޤައުމު

ފެންވަރު (MNQF)

ދާއިރާ (ކެޓަގަރީ)

ފުރުޞަތުގެ ޖުމްލަ

ލޯނުއެހީގެ މިންވަރު

ދިވެހިރާއްޖެ

ޑިޕްލޮމާ (ލެވަލް 5)

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

30

-/35,000

ބެޗުލަރސް ޑިގްރީ (ލެވަލް 7)

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

50

-/70,000

މާސްޓަރސް ޑިގްރީ  (ލެވެލް 9)

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

20

-/40,000

ދިވެހިރާއްޖެއިން ބޭރުން

ބެޗުލަރސް ޑިގްރީ

(ލެވަލް 7)

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

10

-/100,000

ޖުމްލަ

110

 

ފުރުޞަތުތަކުގެ ތަފުސީލު

މި ސްކީމުން ލޯނު އެހީދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. އެހީއަށް އެދި ހުށަހަޅާ ދަރިވަރަކީ މިހާރު މަތީ ތަޢުލީމު ހާސީލުކުރަމުންދާ ދަރިވަރެއްކަމުގައިވުން. މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއް ކަމުގައި ބެލޭނީ، 1 ޑިސެންބަރު 2015 ގެ ކުރިން ކިޔެވުން ފެށިފައިވާ ދަރިވަރުންނެވެ.

ށ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ މަރުކަޒަކުން ވެލިޑޭޓްކުރާ ކޯހެއް ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވުން. މެޑިކަލް ދާއިރާއިން އިންޓާރންޝިޕް ހަދާދަރިވަރުން ވެސް މީގެތެރޭގައި ހިމެނޭނެއެވެ.

ނ. ފުލްޓައިމް ކޯހެއްގައި ތަޢުލީމު ހާސިލުކުރާ ދަރިވަރެއްކަމުގައިވުން.

ރ. ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ސްކިލްސް ޝޯޓޭޖް ލިސްޓުގައި ފާހަގަކޮށްފައިވާ ކޯހެއް ފުރިހަމަކުރާ ދަރިވަރަކަށްވުން.

ބ. މިހާރު ހާސިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއްކަމުގައިވުން.

ޅ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހިލޭ އެހީގެ ގޮތުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރަކު ކަމުގައިނުވުން.

ކ. ލޯނުއެހީ ލިބިގެން ކިޔަވާ ނިމިފައިވާ ދަރިވަރެއްނަމަ ލޯނު ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން

އ. ލޯނުއެހީއަށް އެދި ހުށަހަޅާ ކޯހަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކްގެ ލެވެލް 5 – 9 ގެ ކޯހެއްކަމުގައިވުން (ސްލޮޓްތައް ބެހިފައިވާ ގޮތުގެމަތިން)

ވ. ޢުމުރުން 18 އަހަރު ފުރިފައިވުން. (18 އަހަރު ނުވާ ދަރިވަރުންގެ ލޯނުގެ ޒިންމާ ނަގަންވާނީ ޝަރުޢީ ބެލެނިވެރިއެކެވެ.)

މ. ދިވެހި ރައްޔިތެއްކަމުގައިވުން.

ޝަރުޠުތައް

  • މި ސްކީމް ހުޅުވާލެވިފައިވަނީ ހަމައެކަނި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށެވެ.
  • އޮންލައިންކޮށް ނުވަތަ ފެކްސްގެ ޒަރީޢާއިން އެޕްލިކޭޝަންފޯމު ހުށައެއްނޭޅޭނެއެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށަހަޅާ ސެޓުފިކެޓުތަކުގެ ކޮޕީތައް ހުންނަންވާނީ އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓްކުރުމަށްފަހު އެއިން ހައްދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • މި ސްކީމަށް ކެންޑިޑޭޓުން ހޮވުމަށް ހަމަޖެހިފައިވަނީ ސަރުކާރު މެދުވެރިވެގެން މާލީ އެހީ ލިބިފައިވާ މިންވަރަށް ބެލުމަށްފަހު އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެމަތީން ޕޮއިންޓްލިބޭ ދަރިވަރުންގެ ތަރުތީބުންނެވެ. ސަރުކާރު މެދުވެރިވެގެން މާލީ އެހީ ލިބިފައިވާ މިންވަރަށް ބަލައި ދަރިވަރުން ބަހާލެވޭނެ ބައިތައް މިސްކީމްގެ އެނެކްސް 4A ގައި ބަޔާން ކުރެވިފައިއެވަނީއެވެ.
  • ޕޮއިންޓްގެ ގޮތުން، ފަހުޖާގައަށް/ޖާގަތަކަށް ވާދަކުރާ ދަރިވަރުންގެ ޕޮއިންޓް އެއްވަރު އްޖެނަމަ، މިޖާގަ/ޖާގަތަކަށް ލޯނުއެހީ ލިބޭ ދަރިވަރުން ހޮވާނީ ގުރުއަތުންނެވެ.
  • ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާއި އުސޫލުގެ އެނެކްސްތައް 8 ޑިސެންބަރު 2015 އިން ފެށިގެން މިޑިޕާޓްމަންޓްގެ ވެބްސައިޓް (www.dhe.gov.mv) އިން ލިބެން ހުންނާނެއެވެ. ވީމާ، ލޯނުއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނުއެހީ ދޫކުރުމުގެ އުސޫލު ބެއްލެވުމަށް ސަމާލުކަންދެއްވުން އެދެމެވެ.
  • މި ސްކީމުގެ އުސޫލާއި މި އިޢުލާނުގައި ހިމެނިފައިވާ ޝަރުޠުތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންފޯމުތައް ބާޠިލުކުރެވޭނެއެވެ.
  • މިއިޢުލާނުގައިވާ މުއްދަތު ހަމަވުމަށްފަހު، އެޕްލިކޭޝަން ހުށަހެޅި ފަރާތުން އެއްވެސް އެޕްލިކޭޝަނަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެގޮތުން ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްވެސް މުއްދަތު ހަމަވުމަށްފަހު ބަލައެއް ނުގަނެވޭނެއެވެ.
  • އެޕްލިކޭޝަންފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނުއެހީ ހަމަޖެހުނުފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްވާނެއެވެ. އަދި ލޯނުއެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެއެވެ.
  • މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި އުސޫލުގެ ހުރިހާ އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.

ހުށަހަޅަންޖެހޭ ތަކެތި:

އެޕްލިކޭޝަންފޯމު ދޫކުރުމާއި އަދި ބަލައިގަތުން އޮންނާނީ 8 ޑިސެންބަރު 2015 އިން ފެށިގެން 17 ޑިސެންބަރު 2015 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހުގެ 13:30 އަށް، ވެލާނާގޭގެ 2 ވަނަ ތަޅުމުގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުންނެވެ. އަދި އެޕްލިކޭޝަންފޯމު 8 ޑިސެންބަރު 2015 އިން ފެށިގެން މިޑިޕާޓްމަންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިޑިޕާޓްމަންޓްގެ ވެބްސައިޓަކީ: www.dhe.gov.mv  އެވެ.

އެޕްލިކޭޝަންފޯމު ދޫކުރުމާއި ބަލައިގަތުން:

އިތުރު މަޢުލޫމާތު:  އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341327، 3341381 ފޯން ނަންބަރަށެވެ.

07 ޑިސެންބަރު 2015