ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ގަމު ކައުންސިލަށް ބޭނުންވާ މައިކްރޯސޮފްޓް ސާރފޭސް ޕްރޯ ސަޕްލައިކުރުން

މިއިދާރާއަށް ބޭނުންވާ މައިކްރޯސޮފްޓް ސާރފޭސް ޕްރޯ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (ނަންބަރ: (IUL)399-CA/399/2026/07 (03 ފެބްރުއަރީ 2026)  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާތިލްކުރުމަށްފަހު އެފުރުސަތު އަލުން ހުޅުވާލަމެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 02 މާރޗް 2026 ވަނަ ދުވަހުގެ 12:00 ކުރިން ބިޑް ޑޮކިއުމަންޓް ގަތުމަށް ފަހު ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

ޓުރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެއެވެ.

*އެކައުންޓް ނަންބަރ:   7707700315001

*ބިޑް ޑޮކިއުމަންޓް އަގު: 500/- (ފަސްސަތޭކަ ރުފިޔާ)

*ވައިބަރ ނަންބަރ: 7291515

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް ބިޑް ފޮތް ވިއްކުން

02 މާރޗް 2026

12:00 އާއި ހަމައަށް

2

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

05 މާރޗް 2026

11:00 ގައި

      އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 05 މާރޗް 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ޙާޒިރުވެ ނުވަތަ 6801024 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.

24 ފެބުރުވަރީ 2026
ހޯދާ