ދިވެހިރާއްޖެ
މިއިދާރާއަށް ބޭނުންވާ މައިކްރޯސޮފްޓް ސާރފޭސް ޕްރޯ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (ނަންބަރ: (IUL)399-CA/399/2026/07 (03 ފެބްރުއަރީ 2026) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާތިލްކުރުމަށްފަހު އެފުރުސަތު އަލުން ހުޅުވާލަމެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 02 މާރޗް 2026 ވަނަ ދުވަހުގެ 12:00 ކުރިން ބިޑް ޑޮކިއުމަންޓް ގަތުމަށް ފަހު ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.
ޓުރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެއެވެ.
*އެކައުންޓް ނަންބަރ: 7707700315001
*ބިޑް ޑޮކިއުމަންޓް އަގު: 500/- (ފަސްސަތޭކަ ރުފިޔާ)
*ވައިބަރ ނަންބަރ: 7291515
|
# |
|
ތަން |
ތާރީޙް |
ގަޑި |
|
1 |
ބީލަމުގައި ރަޖިސްޓުރީވުމަށް |
ބީލަމުގައި ރަޖިސްޓުރީވުމަށް ބިޑް ފޮތް ވިއްކުން |
02 މާރޗް 2026 |
12:00 އާއި ހަމައަށް |
|
2 |
ބީލަން ހުށަހެޅުން |
ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.) |
05 މާރޗް 2026 |
11:00 ގައި |
އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 05 މާރޗް 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ޙާޒިރުވެ ނުވަތަ 6801024 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.