އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިއިދާރާއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން ކުރި ނަންބަރު: IUL)350-FB/350/2015/65)ފ(19 ނޮވެންބަރު 2015) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެތަކެތި މިއިދާރާއަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

20 މަގުބައްތި (4 ފޫޓު)

500 މީޓަރ ނަރު (2 ކޯ 2.5 އެމް.އެމް، ކަޅު)

5 ބަނދަރު ބައްތި

3 ރޯލް ވާނިންގ ޓޭޕް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޑިސެންބަރު 2015 ވާ ބުދަަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް އަދި ފެކްސްއިން ހުށަހަޅުއްވާ އަންދާސީހިސާބުތައްވެސް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6680773 , 7835514 ނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.

ފެކްސް: 6680878     އީމެއިލް: [email protected]

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ތަކެތި ސަޕްލައިކޮށްދެވޭނެ އަގުތައް ކޮންމެ އެއްޗެއްގެ އަގު ވަކިން  ޖީ.އެސް.ޓީއާއެކު އެނގެން އޮންނަންވާނެއެވެ.
  • ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
  • މަސައްކަތް ހަވާލުކުރެވޭތާ 15 ދުވަހުގެ ތެރޭގައި މަހިބަދޫއަށް ތަކެތި ފޯރުކޮށްދެވެންވާނެއެވެ.
  • މާލެއިން ގެންނަ ތަކެތި މަހިބަދޫ ފެރީ (ވެރޯނާ) އާ ހަވާލުކުރުމަށްފަހު ނާލު ދައްކަންވާނެއެވެ.

މަސައްކަތް ހަވާލުކުރުން

  • މަސައްކަތް ހަވާލުކުރުމުގައި ބަލާނީ އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަކަށެވެ.
06 ޑިސެންބަރު 2015
ހޯދާ