ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިއިދާރާއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން ކުރި ނަންބަރު: IUL)350-FB/350/2015/65)ފ(19 ނޮވެންބަރު 2015) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެތަކެތި މިއިދާރާއަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
20 މަގުބައްތި (4 ފޫޓު)
500 މީޓަރ ނަރު (2 ކޯ 2.5 އެމް.އެމް، ކަޅު)
5 ބަނދަރު ބައްތި
3 ރޯލް ވާނިންގ ޓޭޕް
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޑިސެންބަރު 2015 ވާ ބުދަަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް އަދި ފެކްސްއިން ހުށަހަޅުއްވާ އަންދާސީހިސާބުތައްވެސް ބަލައިގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6680773 , 7835514 ނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.
ފެކްސް: 6680878 އީމެއިލް: [email protected]
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ތަކެތި ސަޕްލައިކޮށްދެވޭނެ އަގުތައް ކޮންމެ އެއްޗެއްގެ އަގު ވަކިން ޖީ.އެސް.ޓީއާއެކު އެނގެން އޮންނަންވާނެއެވެ.
- ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
- މަސައްކަތް ހަވާލުކުރެވޭތާ 15 ދުވަހުގެ ތެރޭގައި މަހިބަދޫއަށް ތަކެތި ފޯރުކޮށްދެވެންވާނެއެވެ.
- މާލެއިން ގެންނަ ތަކެތި މަހިބަދޫ ފެރީ (ވެރޯނާ) އާ ހަވާލުކުރުމަށްފަހު ނާލު ދައްކަންވާނެއެވެ.
މަސައްކަތް ހަވާލުކުރުން
- މަސައްކަތް ހަވާލުކުރުމުގައި ބަލާނީ އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަކަށެވެ.