ދިވެހިރާއްޖެ
ރަށުގެ ކުޑަކުދިންގެ ޕާކުގައި ބެހެއްޓުމަށް މަލްޓިއެކްޓިވިޓީ ޕްލޭގްރައުންޑް ސެޓްއެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ބޭނުންވާ ސެޓްގެ ތަފްސީލް ތިރީގައިމިވަނީއެވެ.
|
FEATURES |
QTY |
ITEM |
|
|
HDPE Playground Equipment |
Categories |
1 |
Multi Playground Set (Jungle Safari Climbing and Slide Adventure Set) |
|
Galvanized Steel, PVC, EPE, PP, etc. |
Material |
||
|
1370x860x570 cm |
Size |
||
|
3-12 years old |
Age limit |
||
|
ISO9001, CE, ASTM, EN, TÜV, GB, SGS, Ul, etc. |
Certificates |
||
|
35 |
Maximum Capacity |
||
|
Galvanized Pipes, Wood-plastic composites, and plastics |
|||
- މަސައްކަތް ފެށުމުގެ ކުރިން މިހާރު ޕާކުގައި ބަހައްޓާފައިވާ ސެޓް ނަގާ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ބަހައްޓަންވާނެއެވެ.
ވީމާ، މި ކައުންސިލަށް މަލްޓި ޕްލޭގްރައުންޑް ސެޓް ވިއްކަން ބޭނުންވާ ފަރާތްތަކުން މާލޭ މަޖޫރީ ހިމެނޭގޮތަށް ސެޓްގެ އަގާއި ސަޕްލައިކޮށްދެވޭނެ މުއްދަތާއި މިހާރު ޕާކުގައި ބަހައްޓާފައިވާ ސެޓް ނެގުމާއި އައު ސެޓް އިންސްޓޯލްކޮށްދޭނެ އަގު ހުށަހެޅުން އެދެމެވެ. އަގު ހުށަހަޅުއްވާނީ އެހުށަހަޅުއްވާ ވިޔަފާރިއެއްގެ ލެޓަރ ހެޑްގެ ކޯޓޭޝަންއަކުންނެވެ. ކޯޓޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 03 މާރޗް 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" މަލްޓިއެކްޓިވިޓީ ޕްލޭގްރައުންޑް ސެޓް ސަޕްލައިކުރުމާއި އިންސްޓޯލްކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް
|
މާރކްސް ދެވޭ ކްރައިޓީރިޔާ |
މާކްސްދެވޭ މިންގަނޑު |
ތަފްޞިލް |
ފޯރމިއުލަރ |
|
އަގު |
80% |
|
Benchmark price/Submitted price x Allocated percentage |
|
މުއްދަތު |
10% |
|
Benchmark price/Submitted
|
|
ތަޖުރިބާ |
10% |
|
|
2 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
- އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
- އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ.
- ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް.
- އަމިއްލަ ފަރުދެއްނަމަ ވިޔަފާރި ރަޖިސްތްރީގެ ކޮޕީ.
- ތަޖުރިބާގެ ލިޔުންތައް.
4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީ . މެއިލް : [email protected]
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
