ބީލަން
ނަންބަރު: (IUL)325-ES/325/2026/13
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 03 މާރިޗު 2026 11:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަލްޓި އެކްޓިވިޓީ ޕްލޭގްރައުންޑް ސެޓް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއްހޯދުމަށް

ރަށުގެ ކުޑަކުދިންގެ ޕާކުގައި ބެހެއްޓުމަށް މަލްޓިއެކްޓިވިޓީ ޕްލޭގްރައުންޑް ސެޓްއެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ބޭނުންވާ ސެޓްގެ ތަފްސީލް ތިރީގައިމިވަނީއެވެ.

FEATURES

QTY

ITEM

HDPE Playground Equipment 

Categories

1

Multi Playground Set

(Jungle Safari Climbing and Slide Adventure Set)

 Galvanized Steel, PVC, EPE, PP, etc.

Material

 1370x860x570 cm

Size

 3-12 years old

Age limit

 ISO9001, CE, ASTM, EN, TÜV, GB, SGS, Ul, etc.

Certificates

 35

Maximum Capacity

Galvanized Pipes, Wood-plastic composites, and plastics

  • މަސައްކަތް ފެށުމުގެ ކުރިން މިހާރު ޕާކުގައި ބަހައްޓާފައިވާ ސެޓް ނަގާ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ބަހައްޓަންވާނެއެވެ.

ވީމާ، މި ކައުންސިލަށް މަލްޓި ޕްލޭގްރައުންޑް ސެޓް ވިއްކަން ބޭނުންވާ ފަރާތްތަކުން މާލޭ މަޖޫރީ ހިމެނޭގޮތަށް ސެޓްގެ އަގާއި ސަޕްލައިކޮށްދެވޭނެ މުއްދަތާއި މިހާރު ޕާކުގައި ބަހައްޓާފައިވާ ސެޓް ނެގުމާއި އައު ސެޓް އިންސްޓޯލްކޮށްދޭނެ އަގު ހުށަހެޅުން އެދެމެވެ. އަގު ހުށަހަޅުއްވާނީ އެހުށަހަޅުއްވާ ވިޔަފާރިއެއްގެ ލެޓަރ ހެޑްގެ ކޯޓޭޝަންއަކުންނެވެ. ކޯޓޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 03 މާރޗް 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" މަލްޓިއެކްޓިވިޓީ ޕްލޭގްރައުންޑް ސެޓް ސަޕްލައިކުރުމާއި އިންސްޓޯލްކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.  އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާރކްސް ދެވޭ ކްރައިޓީރިޔާ

މާކްސްދެވޭ މިންގަނޑު

ތަފްޞިލް

ފޯރމިއުލަރ

އަގު

80%

  • އަގަށް ދެވޭ މާރކްސް
  •  މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocated percentage

މުއްދަތު

10%

  • މުއްދަތަށް ދެވޭ މާރކްސް 
  • މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark price/Submitted

 

ތަޖުރިބާ

10%

  • ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭ ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތެއް ނިންމާފައިވާނަމަ ކޮންމެ ޕްރޮޖެކްޓަކަށް 1 މާރކްސް. ( އެންމެ ގިނައިން ލިބޭނީ 3 މާރކްސް )
  • ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭ ނިންމާފައިވާ ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގު 3 ލައްކަރުފިޔާއަށްވުރެ މަތިނަމަ 3 މާރކްސް.
  • ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭ ނިންމާފައިވާ ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގު 3 ލައްކަރުފިޔާއަށްވުރެ ދަށްނަމަ 3 ލައްކައާއި 1 ލައްކައާއިދެމެދު 2 މާރކްސް 1 ލައްކައަށްވުރެ ދަށްނަމަ  1 މާރކްސް .
  • ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭ ނިންމާފައިވާ ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ސީދާ މިޕްރޮޖެކްޓުގެ މަސައްކަތާ ގުޅުންހުރި ޕްރޮޖެކްޓެއްވާނަމަ ކޮންމެ ޕްރޮޖެކްޓަކަށް 1 މާރކްސް . ( އެންމެ ގިނަމެގެންލިބޭނީ  2 މާރކްސް )
  • ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭ ނިންމާފައިވާ ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ފުރަތަމަ އެއްބަސްވެވުނުމުއްދަތަށް މުއްދަތު އިތުރުކޮށްދީފައިވާނަމަ ، އެފަދަ ކޮންމެ ޕްރޮޖެކްޓަކަށް 1 މާރކްސް ކެނޑުން . ( އެންމެ ގިނަމެގެންކެޑޭނީ  3 މާރކްސް )
  • ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭ ނިންމާފައިވާ ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި މުއްދަތަށް ނުނިމިގެން ޖޫރިމަނާ ކޮށްފައިވާނަމަ  ، އެފަދަ ކޮންމެ ޕްރޮޖެކްޓަކަށް 2 މާރކްސް ކެނޑުން . ( އެންމެ ގިނަވެގެން ކެޑޭނީ  4 މާރކްސް )

 

 

2  ސަމާލުކަންދޭންވީ ކަންތައްތައް

1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.

  • މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
  • އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް

 

  2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި

  1. އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ.
  2. ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް.
  3. އަމިއްލަ ފަރުދެއްނަމަ ވިޔަފާރި ރަޖިސްތްރީގެ ކޮޕީ.
  4. ތަޖުރިބާގެ ލިޔުންތައް.

 

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :          6600005

          އީ . މެއިލް :           [email protected]

        މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

22 ފެބުރުވަރީ 2026