ދިވެހިރާއްޖެ
|
އިޢުލާން 1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ މޯލްޑިވްސް ޒަކާތު ހައުސްގެ ސަރކިއުލަރ ނަންބަރ 496-B2/CIR/2026/1 އާއި ޙަވާލާދީ ދަންނަވަމެވެ. 1447 ވަނަ އަހަރުގެ ރަމާޟާންމަހު ފިޠުރުޒަކާތް ބަލައިގަތުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި އާންމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ. އަދި އޮންލައި ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތްދެއްކުމަށް ދަތިވާ ފަރާތްތަކަށް، ރަމަޟާންމަހު 05 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް ނަޤުދު ފައިސާއިން ޒަކާތް ބަލައިގަތުން ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. ނަގުދު ފައިސާއިން ޒަކާތް ދެއްކުމަށް އަންނަ ފަރާތްތަށް ހަމައަށް ފައިސާ ހިފައިގެން ދުރުވެ ދެއްވުން އެދެމެވެ. އަދި މި ނޫންގޮތަކަށް ނަގުދު ފައިސާއިން ޒަކާތް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމަވެ. އަދި ދަންނަވަމެވެ. 1447 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ އެއްވެސް ފައިސާއެއް، ޓްރާންސްފާގެ ގޮތުގައި މި އިދާރާއަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް ޒަކާތު ހައުސްއިން ކަނޑައަޅައި އާންމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމްތައް
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު:
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. 05 ރަމަޟާން 1447 22 ފެބުރުވަރީ 2026 |
