ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)285/496/2026/1
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 16 މާރިޗު 2026 00:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

                                            

 

                                   އިޢުލާން      

1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

        މޯލްޑިވްސް ޒަކާތު ހައުސްގެ ސަރކިއުލަރ ނަންބަރ 496-B2/CIR/2026/1 އާއި ޙަވާލާދީ ދަންނަވަމެވެ. 1447 ވަނަ އަހަރުގެ ރަމާޟާންމަހު ފިޠުރުޒަކާތް ބަލައިގަތުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ  މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި އާންމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.

        އަދި އޮންލައި ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތްދެއްކުމަށް ދަތިވާ ފަރާތްތަކަށް، ރަމަޟާންމަހު 05 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް ނަޤުދު ފައިސާއިން ޒަކާތް ބަލައިގަތުން ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. ނަގުދު ފައިސާއިން ޒަކާތް ދެއްކުމަށް އަންނަ ފަރާތްތަށް ހަމައަށް ފައިސާ ހިފައިގެން ދުރުވެ ދެއްވުން އެދެމެވެ. އަދި މި ނޫންގޮތަކަށް ނަގުދު ފައިސާއިން ޒަކާތް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމަވެ.

       އަދި ދަންނަވަމެވެ. 1447 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ އެއްވެސް ފައިސާއެއް، ޓްރާންސްފާގެ ގޮތުގައި މި އިދާރާއަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް ޒަކާތު ހައުސްއިން ކަނޑައަޅައި އާންމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމްތައް

#

އިދާރާ / މުވައްސަސާ

ސުންގަޑިތައް

ލިންކްތައް

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

ރަމަޟާން 28 ، ހެނދުނު 06:00ގެ ނިޔަލަށް

https://onelink.to/qecgk8

2

އުރީދޫ މޯލްޑިވްސް

ރަމަޟާން 28 ، ހެނދުނު 06:00ގެ ނިޔަލަށް

https://www.ooredoo.mv/webapps/zakaath/public//

3

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)

 

ރަމަޟާން 28 ، ހެނދުނު 06:00ގެ ނިޔަލަށް

https://faisanet.mib.com.mv/charity/pay?rt=Fitr%20Zakat&campaignId=1

4

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)

ރަމަޟާން 28 ، ހެނދުނު 06:00ގެ ނިޔަލަށް

https://zakaaiy.bankofmaldives.com.mv/

5

ފަހިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

https://fahipay.mv/zakat/

6

އަވަސް އެޕް

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

https://avs.ad/jL79SoU

7

ބަނޑޭރިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

https://bp.finance.gov.mv

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު:

#

ބާވަތް

ފައިސާގެ އަދަދު

1

އާދައިގެ ހަނޑޫ

12.00 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

53.00 ރުފިޔާ

3

ރަތް ހަނޑޫ

96.00 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

77.00 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

109.00 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

136.00 ރުފިޔާ

7

އާދައިގެ ފުށް

10.00 ރުފިޔާ

8

އާޓާ ފުށް

75.00 ރުފިޔާ

               ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

               05 ރަމަޟާން 1447

               22 ފެބުރުވަރީ 2026

22 ފެބުރުވަރީ 2026