ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދު ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ.
މަޤާމް: އެސިސްޓެންޓް ހާބަރ އިންސްޕެކްޓަރ
ބޭނުންވާ ޢަދަދު: 2 (ދޭއް)
މަޤާމުގެ ރޭންކް: ޕަބްލިކް ސާރވިސް ރޭންކް 1
މަޤާމުގެ ކުލެސިފިކޭޝަން : ގުރޭޑް 1
މުއްދަތު: 3 މަސް
މަޤާމުގެ މުސާރަ: މަހަކު -/7000 (ހަތްހާސް ) ރުފިޔާ
ސާރވިސް އެލަވަންސް: -/3000 ރުފިޔާ ( ތިންހާސް ) ރުފިޔާ
އެހެނިހެން އެލަވަންސް:
1- ރަމަޟާން މަހުގެ ޚާއްސަ އެލަވަންސް
2- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
3- ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުން ދިނުމަށް ލާޒިމުކުރާ އިތުރުގަޑި އާއި ބަންދު ދުވަސްތަކުގެ ފައިސާ
މަސައްކަތްކުރާންޖެހޭ ގަޑީގެ ޢަދަދު: ދުވާލަކު 8 ގަޑިއިރު.
ޔުނިޓް: މުނިސިޕަލް ސާރވިސް އެންޑް އިންފްރާސްޓްރަކްޗަރ
މަޤާމުގެ ޝަރުތުތައް
- ލިޔަންކިޔަން އެނގުން ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- 18 އަހަރާއި 65 އަހަރާދެމެދުގެ ޢުމުރެއްގެ މީހެއްކަމުގައިވުން.
- އެކި މޫސުންތަކުގައި، އެތެރޭގައި އަދި ބޭރުގައި މަސައްކަތް ކުރެވޭވަރުގެ ސިއްޙަތެއްގައި މީހެއްކަމުގައިވުން.
މަޤާމުގެ މަސްޢޫލިއްޔަތު
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ބަނދަރު ބެލެހެއްޓުމަށް ޑިއުޓީ އުޞޫލުން ބަނދަރު ސަރަހައްދު މޮނިޓަރކުރުން.
- ބަނދަރަށް ލިބޭ ގެއްލުންތައް ދުވަހުން ދުވަހަށް ސްޕްވައިޒަރ އަށް ރިޕޯރޓް ކުރުން.
- ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ހިދުމަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
- އާއްމު ރައްޔިތުން ބަނދަރު ބޭނުން ކުރަމުން ދަނީ ބަނދަރު ބޭނުންކުރުމަށް ހަދާފައިވާ އުޞޫލާއި އެއްގޮތަށްތޯ ބެލުން.
- ބަނދަރު ސަރަޙައްދުގައި ޤަވާއިދާ ހިލާފަށް ތަކެތި ބަހައްޓާނަމަ ނުވަތަ ކުނިއަޅާނަމަ އެފަރާތްތަކަށް އެކަން އިސްލާޙް ކުރުމަށް ސްޕަވައިޒަރުގެ އިރުޝާދުގެ މަތިން އަންގައި ކުރޭތޯބެލުން.
- ޖެޓީގެ ލައިޓާއި އަދި ބަނދަރުގެ ނެރުބައްތި ދިއްލޭތޯބެލުމާއި، ޖެޓީގެ ލައިޓު ނުވަތަ ނެރުބައްތި ހަލާކުވެފައިވާނަމަ އެކަމާއިގުޅޭ މަޢުލޫމާތު ސްޕަވައިޒަރުގެ މަޝްވަރާގެމަތިން ބަލާ ޖެޓީގެ ލައިޓާއި ބަނދަރުގެ ނެރުބައްތި ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ބަނދަރުގެ ލައިޓްތަކުގެ ޙާލަތު ބަލައި، ޤަވައިދުން ސްޕަވައިޒަރަށް ރިޕޯޓުކުރުން.
- ކަނޑު އުޅަދުފަހަރު ބަނދަރުގައި އެޅުމާއި، ލަފާފުރައި ހަދަނީ ބަނދަރު އުޞޫލާއި އެއްގޮތައްތޯ ބެލުން.
- ކައުންސިލްގެ ޢިދާރާއިން ރާވައި ކުރިއަށްގެންދާ ޓްރެއިނިންގް ޕްރޮޤްރާމްތަކާއި، ބައްދަލުވުންތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި ޢަމަލީ ގޮތުން ބައިވެރިވުން.
- ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްސަ އިވެންޓްތަކުގައި ނުވަތަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކުއްލިހާލަތުގައި ދިމާވާ ކަންކަމުގައި އެހީތެރިވެދިނުން.
- ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ކައުންސިލުގެ ސަމާލުކަމަށް ގެނައުން.
- ޢިދާރާގެ ހިންގުމާއި ގުޅޭގޮތުން ސެކްރެޓަރީ ޖެނެރަލް ޚަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
25 ފެބުރުވަރީ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް.
ހުށައަޅަންޖެހޭ ލިޔެކިޔުންތައް:
1. ވަޒީފާއަށް އެދޭކަމުގެ ފޯމް ( ކައުންސިލްއިދާރާއިން ލިބެންހުންނާނެ)
2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
4. ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
- އިންޓަވިއުއަށް އަންނައިރު ތަޢުލީމީ ސެޓްފިކެޓް، ތަޖުރިބާގެ ލިޔުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ އަސްލު ގެންނަންވާނެއެވެ.
މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރ: 6700603 ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.
