ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)357-Me357/357/2026/14
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 25 ފެބުރުވަރީ 2026 12:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު -އެސިސްޓެންޓް ހާބަރ އިންސްޕެކްޓަރ (ކޮންޓްރެކްޓް)

         ބަނދަރު ސަރަޙައްދު ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ. 

މަޤާމް: އެސިސްޓެންޓް ހާބަރ އިންސްޕެކްޓަރ

ބޭނުންވާ ޢަދަދު: 2 (ދޭއް)

މަޤާމުގެ ރޭންކް: ޕަބްލިކް ސާރވިސް ރޭންކް 1

މަޤާމުގެ ކުލެސިފިކޭޝަން : ގުރޭޑް 1

މުއްދަތު: 3 މަސް

މަޤާމުގެ މުސާރަ:  މަހަކު -/7000 (ހަތްހާސް ) ރުފިޔާ

ސާރވިސް އެލަވަންސް:  -/3000 ރުފިޔާ ( ތިންހާސް ) ރުފިޔާ

އެހެނިހެން އެލަވަންސް: 

1-       ރަމަޟާން މަހުގެ ޚާއްސަ އެލަވަންސް

2-      ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3-      ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުން ދިނުމަށް ލާޒިމުކުރާ އިތުރުގަޑި އާއި ބަންދު ދުވަސްތަކުގެ ފައިސާ

މަސައްކަތްކުރާންޖެހޭ ގަޑީގެ ޢަދަދު: ދުވާލަކު 8 ގަޑިއިރު.

ޔުނިޓް: މުނިސިޕަލް ސާރވިސް އެންޑް އިންފްރާސްޓްރަކްޗަރ

 

މަޤާމުގެ ޝަރުތުތައް

  1. ލިޔަންކިޔަން އެނގުން ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2.  18 އަހަރާއި 65 އަހަރާދެމެދުގެ ޢުމުރެއްގެ މީހެއްކަމުގައިވުން.
  3. އެކި މޫސުންތަކުގައި، އެތެރޭގައި އަދި ބޭރުގައި މަސައްކަތް ކުރެވޭވަރުގެ ސިއްޙަތެއްގައި މީހެއްކަމުގައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. 
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 
  3. ބަނދަރު ބެލެހެއްޓުމަށް ޑިއުޓީ އުޞޫލުން ބަނދަރު ސަރަހައްދު މޮނިޓަރކުރުން.
  4. ބަނދަރަށް ލިބޭ ގެއްލުންތައް ދުވަހުން ދުވަހަށް ސްޕްވައިޒަރ އަށް ރިޕޯރޓް ކުރުން.
  5. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ހިދުމަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.  
  6. އާއްމު ރައްޔިތުން ބަނދަރު ބޭނުން ކުރަމުން ދަނީ ބަނދަރު ބޭނުންކުރުމަށް ހަދާފައިވާ އުޞޫލާއި އެއްގޮތަށްތޯ ބެލުން. 
  7. ބަނދަރު ސަރަޙައްދުގައި ޤަވާއިދާ ހިލާފަށް ތަކެތި ބަހައްޓާނަމަ ނުވަތަ ކުނިއަޅާނަމަ އެފަރާތްތަކަށް އެކަން އިސްލާޙް ކުރުމަށް ސްޕަވައިޒަރުގެ އިރުޝާދުގެ މަތިން އަންގައި ކުރޭތޯބެލުން.
  8. ޖެޓީގެ ލައިޓާއި އަދި ބަނދަރުގެ ނެރުބައްތި ދިއްލޭތޯބެލުމާއި، ޖެޓީގެ ލައިޓު ނުވަތަ ނެރުބައްތި ހަލާކުވެފައިވާނަމަ އެކަމާއިގުޅޭ މަޢުލޫމާތު ސްޕަވައިޒަރުގެ މަޝްވަރާގެމަތިން ބަލާ ޖެޓީގެ ލައިޓާއި ބަނދަރުގެ ނެރުބައްތި ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. 
  9. ބަނދަރުގެ ލައިޓްތަކުގެ ޙާލަތު ބަލައި، ޤަވައިދުން ސްޕަވައިޒަރަށް ރިޕޯޓުކުރުން. 
  10. ކަނޑު އުޅަދުފަހަރު ބަނދަރުގައި އެޅުމާއި، ލަފާފުރައި ހަދަނީ ބަނދަރު އުޞޫލާއި އެއްގޮތައްތޯ ބެލުން.
  11. ކައުންސިލްގެ ޢިދާރާއިން ރާވައި ކުރިއަށްގެންދާ ޓްރެއިނިންގް ޕްރޮޤްރާމްތަކާއި، ބައްދަލުވުންތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި ޢަމަލީ ގޮތުން ބައިވެރިވުން.
  12. ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްސަ އިވެންޓްތަކުގައި ނުވަތަ  މަސައްކަތްތަކުގައި ބައިވެރިވުމާއި ކުއްލިހާލަތުގައި ދިމާވާ ކަންކަމުގައި އެހީތެރިވެދިނުން.
  13. ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ކައުންސިލުގެ ސަމާލުކަމަށް ގެނައުން.
  14.  ޢިދާރާގެ ހިންގުމާއި ގުޅޭގޮތުން ސެކްރެޓަރީ ޖެނެރަލް ޚަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.                                                                                                                                                                 

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

 25 ފެބުރުވަރީ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް.

 

ހުށައަޅަންޖެހޭ ލިޔެކިޔުންތައް:

1. ވަޒީފާއަށް އެދޭކަމުގެ ފޯމް ( ކައުންސިލްއިދާރާއިން ލިބެންހުންނާނެ)

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4. ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

 

  • އިންޓަވިއުއަށް އަންނައިރު ތަޢުލީމީ ސެޓްފިކެޓް، ތަޖުރިބާގެ ލިޔުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ އަސްލު ގެންނަންވާނެއެވެ.

 

              މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރ: 6700603 ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.  

              ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި  އިއުލާނުކުރީމެވެ.

17 ފެބުރުވަރީ 2026