މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ޝަރުތުހަމަވާ ޤާބިލު ބޭފުޅުން ހޯދުމަށް ބޭނުންވެއެވެ.

 


މަޤާމު:

ސައިބަރ ސެކިއުރިޓީ އެސޯސިއޭޓް

ސެކްޝަން / ޑިވިޜަން

ޓެކްނޮލޮޖީ ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

މަދުވެގެން ލިބިފައި ހުންނަޖެހޭ ތައުލީމީ ފެންވަރު:

  • ސައިބަރ ސެކިއުރިޓީ، އިންފޮމޭޝަން ސެކިއުރިޓީ، ކޮންޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލު ކޮށްފައިވުން.
  • CompTIA Security+, CEH ނުވަތަ އެޔާއި އެއް ފެންވަރެއްގެ ގުޅުންހުރި ޕްރޮފެޝަނަލް ސެޓިފިކޭޝަނެއް ހާސިލްކޮށްފައވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ލިބިފައިހުރުން މުހިންމު ހުނަރުތަކާއި ތަޖުރިބާ:

  • އައިޓީ ސެކިއުރިޓީ، ނެޓްވޯކް އެޑްމިނިސްޓްރޭޝަން ނުވަތަ ސިސްޓަމް އެޑްމިނިސްޓްރޭޝަން ފަދަ ގުޅުންހުރި ދާއިރާއަކުން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ISO 27001, PCI-DSS, NIST ފަދަ ސެކިއުރިޓީ ސްޓޭންޑަޑްތަކާއި ފްރޭމްވޯކްތަކަށް އަހުލުވެރިވެފައިވުން.
  • ފަޔަރވޯލް، ވީޕީއެން އަދި އެންކްރިޕްޝަން ފަދަ ނެޓްވޯކް ސެކިއުރިޓީ ކޮންސެޕްޓްތަކަށް އަހުލިވެރިވެފައިވުމާއިއެކު، ޕޭމަންޓް ސިސްޓަމްތަކާއި ފިންޓެކްގެ ސެކިއުރިޓީ ރިކުއަޔަރމަންޓްތައް އިނގޭ ފަރާތަކަށްވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފަޔަރވޯލް އާއި އިންޓްރޫޝަން ޑިޓެކްޝަން ސިސްޓަމްތައް ހިމެނޭހެން، ކުންފުނިން އޮޕަރޭޓްކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ސެކިއުރިޓީ މޮނިޓަރކޮށް، އެކަމާއި ގުޅުން ހުރި އެންމެހާ ޑޮކިއުމެންޓޭޝަން ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުން.
  • ޕޭމަންޓް ސިސްޓަމްތަކުގެ ސައިބަރސެކިއުރިޓީ އާއި އޮޕަރޭޝަނަލް ރެސީލިއަންސް އެސެސްމަންޓްތައް ހެދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވުމާއި، އެކަމާއި ގުޅޭ ރެކޯޑްތައް ބެލެހެއްޓުން.
  • ކުންފުނިން އޮޕަރޭޓްކުރާ ޕޭމަންޓް ސިސްޓަމްތަކަށް ދިމާވާ ސެކިއުރިޓީ އިންސިޑެންޓުތަކަށް އެޓެންޑްވުން.
  • ސިސްޓަމްތަކުގެ ސެކިއުރިޓީ، ރިސްކް އަދި ކޮމްޕަލަޔަންސް އެސެސްމަންޓްތައް ހެދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަމާއި ގުޅިގެން އެކުލަވާލަންޖެހޭ ރިޕޯޓްތަކާއި އެނޫންވެސް ޑޮކިއުމެންޓޭޝަންތައް ތައްޔާރުކުރުމުގައި ބައިވެރިވުން.
  • ސެކިއުރިޓީ އެވެއަރނަސް ޓްރެއިނިންގ މެޓީރިއަލްތަކާއި ކޮމިއުނިކޭޝަންތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  • ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ ޑިވެލޮޕްމަންޓް އަދި އިންޕްލިމެންޓޭޝަން މަރުހަލާގައި ވެންޑަރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކު މަސައްކަތްކުރުން.

މުސާރައާއި އިނާޔަތްތައް

20،500.00 – 22،300.00 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)


މަޤާމު:

ޑިވޮޕްސް (DevOps) ސްޕެޝަލިސްޓް

ސެކްޝަން / ޑިވިޜަން

ޓެކްނޮލޮޖީ ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

މަދުވެގެން ލިބިފައި ހުންނަޖެހޭ ތައުލީމީ ފެންވަރު:

  • ކޮންޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗެލާރސް ޑިގްރީ ހާސިލު ކޮށްފައިވުން.
  • ޑިވޮޕްސް، ސައިޓް ރިލަޔަބިލިޓީ އިންޖިނިއަރިންގ ނުވަތަ ސިސްޓަމްސް އެޑްމިނިސްޓްރޭޝަނާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • AWS/Azure/GCP ސެޓިފިކޭޝަން، Kubernetes (CKA/CKAD) ސެޓިފިކޭޝަނެއް، ނުވަތަ HashiCorp ސެޓިފިކޭޝަނެއް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ލިބިފައިހުރުން މުހިންމު ހުނަރުތަކާއި ތަޖުރިބާ:

  • އިއުލާނާއި އެއްކަރުދާސްކުރެވިފައިވާ ވަޒީފާގެ ޓަރމްސް އޮފް ރިފަރަންސްގައި ހިމެނިފައި.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުންފުނިން އޮޕަރޭޓްކުރާ ޕޭމަންޓް ސިސްޓަމްތަކުގެ އިންފްރާސްޓަރަކްޗަރ ޑިޒައިންކޮށް، ޑިޕްލޮއި ކުރުމާއި މެއިންޓެއިންކުރުމުގެ މަސައްކަތްތައް ކުރުމުގައި ބައިވެރިވުން.
  • ޕޭމަންޓް ސިސްޓަމްތަކުގެ ސޮފްޓްވެއަރ ރިލީޒް މަރުހަލާތައް ހަރުދަނާކޮށް ކުރިޔަށް ގެންދިޔުމަށްޓަކައި ސީއައި/ސީޑީ ޕައިޕްލައިން ޑިވެލޮޕްމަންޓްގެ މަސައްކަތްތައް ކުރުން.
  • ކުންފުނިން އޮޕަރޭޓްކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ސިސްޓަމް ހެލްތު އަދި ޕާފޯމަންސް ވިޒިބިލިޓީ ބެލެހެއްޓުމަށްޓަކައި ބޭނުންވާ މޮނިޓަރިންގ، ލޮގިންގ އަދި އެލަރޓިންގ ސޮލިއުޝަންތައް ތަންފީޒުކުރުމުގައި އެހީތެރިވުން.
  • ސިސްޓަމްތަކުގެ ސެކިއުރިޓީ، ރިސްކް އަދި ކޮމްޕަލަޔަންސް އެސެސްމަންޓްތައް ހެދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަމާއި ގުޅިގެން އެކުލަވާލަންޖެހޭ ރިޕޯޓްތަކާއި އެނޫންވެސް ޑޮކިއުމެންޓޭޝަންތައް ތައްޔާރުކުރުމުގައި ބައިވެރިވުން.
  • ކުންފުނިން އޮޕަރޭޓް ކުރާ ކްރިޓިކަލް ސިސްޓަމްތަކުގެ ބެކްއަޕް، ރިކަވަރީ އަދި ފެއިލްއޯވަރ ސޮލިއުޝަންތައް ޑިޒައިން ކުރުމާއި އިމްޕްލިމެންޓް ކުރުމުގައި ބައިވެރިވުން.
  • ސިސްޓަމްތަކުގެ ޑިޒާސްޓަރ ރިކަވަރީ ޕްރޮސީޖަރތައް އެކުލަވާލާ ބެލެހެއްޓުމާއި، ޑިޒާސްޓަރ ރިކަވަރީ ޓެސްޓިންގގެ މަސައްކަތްތައް ރާވާ ހިންގުން.
  • ކުންފުނީގެ ކްރިޓިކަލް ސިސްޓަމްތަކާއި، އޮޕަރޭޓް ކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ޕްރޮސެސް އިމްޕްރޫވްމަންޓް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި، އެޔާއި ގުޅިގެން ބޭނުންވާ ކަންކަން ދިރާސާކޮށް ހުށަހެޅުން.

މުސާރައާއި އިނާޔަތްތައް

23,300.00 –  30,500.00ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)


މަޤާމު:

ރިސަރޗް އެންޑް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެސޯސިއޭޓް

ސެކްޝަން / ޑިވިޜަން

އިނޮވޭޝަން އެންޑް ޑިވެލޮޕްމަންޓް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބޭންކިންގ އެންޑް ފިނޭންސް، ފިންޓެކް، ކޮމްޕިއުޓަރ ސައިންސް، ބިސްނަސް އެނަލިޓިކްސް، ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލު ކޮށްފައިވުން.
  • އެޕްލިކޭޝަން އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް އެނަލިޓިކްސްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި، ޕޭމަންޓް ސިސްޓަމްތަކުގެ އިމްޕްލިމެންޓޭޝަން ނުވަތަ އޮޕަރޭޝަންސްގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އައު ފިންޓެކް ޕްރޮޑްކްޓްތަކާއި ހިދުމަތްތައް ތައާރަފް ކުރުމަށްޓަކައި ބޭނުންވާ މާކެޓް ރިސާރޗް ހެދުމާއި ޕޭމަންޓް ޓްރެންޑްތައް ދިރާސާކޮށް އެކަމާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ހުށަހެޅުން.
  • ކުންފުނީގެ ހިދުމަތްތަކާއި ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ގުޅިގެން ބަލަހައްޓަންޖެހޭ އެންމެހާ ލިޔެކިޔުންތައް އެކުލަވާލުމާއި ބެލެހެއްޓުން.
  • ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ގުޅޭ ޕްރޮޖެކްޓްތަކުގެ އެކި ޑޮކިއުމެންޓޭޝަންތައް އެކުލަވާލުމާއި، ބިޒްނަސް ރިކުއަޔަރމަންޓްތައް ދެނެގަނެ އެކުލަވާލުމާއި، ޔޫސާރ އެކްސެޕްޓަންސް ޓެސްޓިންގ މަސައްކަތްކުރުން.
  • ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ ޑިވެލޮޕްމަންޓް އަދި އިންޕްލިމެންޓޭޝަން މަރުހަލާގައި ވެންޑަރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކު މަސައްކަތްކުރުން.
  • ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ފިންޓެކްގެ އައު އިނޮވޭޝަންތައް ދިރާސާކޮށް އަހުލުވެރިވުން.

މުސާރައާއި އިނާޔަތްތައް

20،500.00 – 22،300.00 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
  • ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި ކުންފުނީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.

ސުންގަޑި

26 ފެބްރުވަރީ 2026 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އަށް

 

މި ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް: [email protected] އަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ އީމެއިލްގެ އިތުރުން ނަންބަރު 3012187 ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.

16 ފެބުރުވަރީ 2026
ހޯދާ