މަޤާމު:
|
ސައިބަރ ސެކިއުރިޓީ އެސޯސިއޭޓް
|
|
ސެކްޝަން / ޑިވިޜަން
|
ޓެކްނޮލޮޖީ ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
މަދުވެގެން ލިބިފައި ހުންނަޖެހޭ ތައުލީމީ ފެންވަރު:
- ސައިބަރ ސެކިއުރިޓީ، އިންފޮމޭޝަން ސެކިއުރިޓީ، ކޮންޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލު ކޮށްފައިވުން.
- CompTIA Security+, CEH ނުވަތަ އެޔާއި އެއް ފެންވަރެއްގެ ގުޅުންހުރި ޕްރޮފެޝަނަލް ސެޓިފިކޭޝަނެއް ހާސިލްކޮށްފައވާ ފަރާތްތަކަށް އިސްކަންދެވޭނެ.
ލިބިފައިހުރުން މުހިންމު ހުނަރުތަކާއި ތަޖުރިބާ:
- އައިޓީ ސެކިއުރިޓީ، ނެޓްވޯކް އެޑްމިނިސްޓްރޭޝަން ނުވަތަ ސިސްޓަމް އެޑްމިނިސްޓްރޭޝަން ފަދަ ގުޅުންހުރި ދާއިރާއަކުން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- ISO 27001, PCI-DSS, NIST ފަދަ ސެކިއުރިޓީ ސްޓޭންޑަޑްތަކާއި ފްރޭމްވޯކްތަކަށް އަހުލުވެރިވެފައިވުން.
- ފަޔަރވޯލް، ވީޕީއެން އަދި އެންކްރިޕްޝަން ފަދަ ނެޓްވޯކް ސެކިއުރިޓީ ކޮންސެޕްޓްތަކަށް އަހުލިވެރިވެފައިވުމާއިއެކު، ޕޭމަންޓް ސިސްޓަމްތަކާއި ފިންޓެކްގެ ސެކިއުރިޓީ ރިކުއަޔަރމަންޓްތައް އިނގޭ ފަރާތަކަށްވުން.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ފަޔަރވޯލް އާއި އިންޓްރޫޝަން ޑިޓެކްޝަން ސިސްޓަމްތައް ހިމެނޭހެން، ކުންފުނިން އޮޕަރޭޓްކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ސެކިއުރިޓީ މޮނިޓަރކޮށް، އެކަމާއި ގުޅުން ހުރި އެންމެހާ ޑޮކިއުމެންޓޭޝަން ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުން.
- ޕޭމަންޓް ސިސްޓަމްތަކުގެ ސައިބަރސެކިއުރިޓީ އާއި އޮޕަރޭޝަނަލް ރެސީލިއަންސް އެސެސްމަންޓްތައް ހެދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވުމާއި، އެކަމާއި ގުޅޭ ރެކޯޑްތައް ބެލެހެއްޓުން.
- ކުންފުނިން އޮޕަރޭޓްކުރާ ޕޭމަންޓް ސިސްޓަމްތަކަށް ދިމާވާ ސެކިއުރިޓީ އިންސިޑެންޓުތަކަށް އެޓެންޑްވުން.
- ސިސްޓަމްތަކުގެ ސެކިއުރިޓީ، ރިސްކް އަދި ކޮމްޕަލަޔަންސް އެސެސްމަންޓްތައް ހެދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަމާއި ގުޅިގެން އެކުލަވާލަންޖެހޭ ރިޕޯޓްތަކާއި އެނޫންވެސް ޑޮކިއުމެންޓޭޝަންތައް ތައްޔާރުކުރުމުގައި ބައިވެރިވުން.
- ސެކިއުރިޓީ އެވެއަރނަސް ޓްރެއިނިންގ މެޓީރިއަލްތަކާއި ކޮމިއުނިކޭޝަންތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
- ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ ޑިވެލޮޕްމަންޓް އަދި އިންޕްލިމެންޓޭޝަން މަރުހަލާގައި ވެންޑަރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކު މަސައްކަތްކުރުން.
|
|
މުސާރައާއި އިނާޔަތްތައް
|
20،500.00 – 22،300.00 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)
|
މަޤާމު:
|
ޑިވޮޕްސް (DevOps) ސްޕެޝަލިސްޓް
|
|
ސެކްޝަން / ޑިވިޜަން
|
ޓެކްނޮލޮޖީ ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
މަދުވެގެން ލިބިފައި ހުންނަޖެހޭ ތައުލީމީ ފެންވަރު:
- ކޮންޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗެލާރސް ޑިގްރީ ހާސިލު ކޮށްފައިވުން.
- ޑިވޮޕްސް، ސައިޓް ރިލަޔަބިލިޓީ އިންޖިނިއަރިންގ ނުވަތަ ސިސްޓަމްސް އެޑްމިނިސްޓްރޭޝަނާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- AWS/Azure/GCP ސެޓިފިކޭޝަން، Kubernetes (CKA/CKAD) ސެޓިފިކޭޝަނެއް، ނުވަތަ HashiCorp ސެޓިފިކޭޝަނެއް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ލިބިފައިހުރުން މުހިންމު ހުނަރުތަކާއި ތަޖުރިބާ:
- އިއުލާނާއި އެއްކަރުދާސްކުރެވިފައިވާ ވަޒީފާގެ ޓަރމްސް އޮފް ރިފަރަންސްގައި ހިމެނިފައި.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކުންފުނިން އޮޕަރޭޓްކުރާ ޕޭމަންޓް ސިސްޓަމްތަކުގެ އިންފްރާސްޓަރަކްޗަރ ޑިޒައިންކޮށް، ޑިޕްލޮއި ކުރުމާއި މެއިންޓެއިންކުރުމުގެ މަސައްކަތްތައް ކުރުމުގައި ބައިވެރިވުން.
- ޕޭމަންޓް ސިސްޓަމްތަކުގެ ސޮފްޓްވެއަރ ރިލީޒް މަރުހަލާތައް ހަރުދަނާކޮށް ކުރިޔަށް ގެންދިޔުމަށްޓަކައި ސީއައި/ސީޑީ ޕައިޕްލައިން ޑިވެލޮޕްމަންޓްގެ މަސައްކަތްތައް ކުރުން.
- ކުންފުނިން އޮޕަރޭޓްކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ސިސްޓަމް ހެލްތު އަދި ޕާފޯމަންސް ވިޒިބިލިޓީ ބެލެހެއްޓުމަށްޓަކައި ބޭނުންވާ މޮނިޓަރިންގ، ލޮގިންގ އަދި އެލަރޓިންގ ސޮލިއުޝަންތައް ތަންފީޒުކުރުމުގައި އެހީތެރިވުން.
- ސިސްޓަމްތަކުގެ ސެކިއުރިޓީ، ރިސްކް އަދި ކޮމްޕަލަޔަންސް އެސެސްމަންޓްތައް ހެދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަމާއި ގުޅިގެން އެކުލަވާލަންޖެހޭ ރިޕޯޓްތަކާއި އެނޫންވެސް ޑޮކިއުމެންޓޭޝަންތައް ތައްޔާރުކުރުމުގައި ބައިވެރިވުން.
- ކުންފުނިން އޮޕަރޭޓް ކުރާ ކްރިޓިކަލް ސިސްޓަމްތަކުގެ ބެކްއަޕް، ރިކަވަރީ އަދި ފެއިލްއޯވަރ ސޮލިއުޝަންތައް ޑިޒައިން ކުރުމާއި އިމްޕްލިމެންޓް ކުރުމުގައި ބައިވެރިވުން.
- ސިސްޓަމްތަކުގެ ޑިޒާސްޓަރ ރިކަވަރީ ޕްރޮސީޖަރތައް އެކުލަވާލާ ބެލެހެއްޓުމާއި، ޑިޒާސްޓަރ ރިކަވަރީ ޓެސްޓިންގގެ މަސައްކަތްތައް ރާވާ ހިންގުން.
- ކުންފުނީގެ ކްރިޓިކަލް ސިސްޓަމްތަކާއި، އޮޕަރޭޓް ކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ޕްރޮސެސް އިމްޕްރޫވްމަންޓް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި، އެޔާއި ގުޅިގެން ބޭނުންވާ ކަންކަން ދިރާސާކޮށް ހުށަހެޅުން.
|
|
މުސާރައާއި އިނާޔަތްތައް
|
23,300.00 – 30,500.00ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)
|
މަޤާމު:
|
ރިސަރޗް އެންޑް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެސޯސިއޭޓް
|
|
ސެކްޝަން / ޑިވިޜަން
|
އިނޮވޭޝަން އެންޑް ޑިވެލޮޕްމަންޓް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
- ބޭންކިންގ އެންޑް ފިނޭންސް، ފިންޓެކް، ކޮމްޕިއުޓަރ ސައިންސް، ބިސްނަސް އެނަލިޓިކްސް، ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލު ކޮށްފައިވުން.
- އެޕްލިކޭޝަން އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް އެނަލިޓިކްސްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި، ޕޭމަންޓް ސިސްޓަމްތަކުގެ އިމްޕްލިމެންޓޭޝަން ނުވަތަ އޮޕަރޭޝަންސްގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އައު ފިންޓެކް ޕްރޮޑްކްޓްތަކާއި ހިދުމަތްތައް ތައާރަފް ކުރުމަށްޓަކައި ބޭނުންވާ މާކެޓް ރިސާރޗް ހެދުމާއި ޕޭމަންޓް ޓްރެންޑްތައް ދިރާސާކޮށް އެކަމާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ހުށަހެޅުން.
- ކުންފުނީގެ ހިދުމަތްތަކާއި ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ގުޅިގެން ބަލަހައްޓަންޖެހޭ އެންމެހާ ލިޔެކިޔުންތައް އެކުލަވާލުމާއި ބެލެހެއްޓުން.
- ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ގުޅޭ ޕްރޮޖެކްޓްތަކުގެ އެކި ޑޮކިއުމެންޓޭޝަންތައް އެކުލަވާލުމާއި، ބިޒްނަސް ރިކުއަޔަރމަންޓްތައް ދެނެގަނެ އެކުލަވާލުމާއި، ޔޫސާރ އެކްސެޕްޓަންސް ޓެސްޓިންގ މަސައްކަތްކުރުން.
- ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ ޑިވެލޮޕްމަންޓް އަދި އިންޕްލިމެންޓޭޝަން މަރުހަލާގައި ވެންޑަރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކު މަސައްކަތްކުރުން.
- ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ފިންޓެކްގެ އައު އިނޮވޭޝަންތައް ދިރާސާކޮށް އަހުލުވެރިވުން.
|
|
މުސާރައާއި އިނާޔަތްތައް
|
20،500.00 – 22،300.00 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)
|
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
- ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
- ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
- ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި ކުންފުނީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.
|
|
ސުންގަޑި
|
26 ފެބްރުވަރީ 2026 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އަށް
|