ދިވެހިރާއްޖެ
ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމުކޮށްގެން މި ރަމަޟާންމަހު ބާއްވާ ރަންދާނަ މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 މާރިޗު 5ން 7 ށެވެ.
ވީމާ، މިމަދަޙަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 17 ފެބްރުއަރީ 2026ވާ އަންގާރަ ދުވަހުގެ 12:00ގެކުރިން މި އިޢުލާނާއެކުގައިވާ އޮންލައިން ފޯމު ފުރިހަމަކުރައްވާ ހުށައެޅުއްވުން އެދެމެވެ. މަދަޙަ މުބާރާތުގެ ޤަވާޢިދު މި އިޢުލާނާއިއެކު ހިމަނާފައިވާނެއެވެ. މިމުބާރާތުގައި ގުރޫޕް މަދަޙައާއި ވަކިވަކި މަދަޙަ ހުށައެޅޭނެއެވެ.
ގުރޫޕް މަދަޙައިގައި ބައިވެރިވުމަށް އެދޭ ފޯމު: https://docs.google.com/forms/d/e/1FAIpQLSf19WASth67zRoSgQFsJsW86-HbEePnJD5rmIOiF_TVVhso2Q/viewform?usp=header
ވަކިވަކި މަދަޙައިގައި ބައިވެރިވުމަށް އެދޭ ފޯމު: https://docs.google.com/forms/d/e/1FAIpQLSdbsqsXaGd_3k7jqaslxzak1DAJ3IJwbKktzRCOGEMvC2i4-g/viewform?usp=header
މި މުބާރާތުގައި ބައިވެރިވެވޭ ކެޓަގަރީތައް ތިރީގައި އެވަނީއެވެ.
ކެޓަގަރީ 1 – ސްކޫލް ދަރިވަރުންނަށް ޙާއްސަ
ސްކޫލް ދަރިވަރުންގެ ގޮތުގައި ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ ކީ ސްޓޭޖްތަކަށެވެ.
- ފައުންޑޭޝަން
- ކީ ސްޓޭޖް 1
- ކީ ސްޓޭޖް 2
- ކީ ސްޓޭޖް 3
- ކީ ސްޓޭޖް 4
ކެޓެގަރީ 2 - އާންމު ފަރާތްތަކަށް ޙާއްސަ
- 20 އަހަރުން ދަށް
- 20 އަހަރުން މަތި
- 35 އަހަރުން މަތި
ކެޓެގަރީ 3 – ގްރޫޕް މަދަޙަ
- މުބާރާތުގައި މި ކެޓެގެރީގެ ހުށަހެޅުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަދުވެގެން 4 ގްރޫޕް ބައިވެރިވާނަމެއެވެ.
ވީމާ މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
