ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)268/268/2026/5
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 17 ފެބުރުވަރީ 2026 12:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަންދާނަ މަދަޙަ މުބާރާތް 1447ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމުކޮށްގެން މި ރަމަޟާންމަހު ބާއްވާ ރަންދާނަ މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 މާރިޗު  5ން 7 ށެވެ.

ވީމާ، މިމަދަޙަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 17 ފެބްރުއަރީ 2026ވާ އަންގާރަ ދުވަހުގެ 12:00ގެކުރިން މި އިޢުލާނާއެކުގައިވާ އޮންލައިން ފޯމު ފުރިހަމަކުރައްވާ ހުށައެޅުއްވުން އެދެމެވެ. މަދަޙަ މުބާރާތުގެ ޤަވާޢިދު މި އިޢުލާނާއިއެކު ހިމަނާފައިވާނެއެވެ. މިމުބާރާތުގައި ގުރޫޕް މަދަޙައާއި ވަކިވަކި މަދަޙަ ހުށައެޅޭނެއެވެ.

ގުރޫޕް މަދަޙައިގައި ބައިވެރިވުމަށް އެދޭ ފޯމު: https://docs.google.com/forms/d/e/1FAIpQLSf19WASth67zRoSgQFsJsW86-HbEePnJD5rmIOiF_TVVhso2Q/viewform?usp=header

ވަކިވަކި މަދަޙައިގައި ބައިވެރިވުމަށް އެދޭ ފޯމު:  https://docs.google.com/forms/d/e/1FAIpQLSdbsqsXaGd_3k7jqaslxzak1DAJ3IJwbKktzRCOGEMvC2i4-g/viewform?usp=header

މި މުބާރާތުގައި ބައިވެރިވެވޭ ކެޓަގަރީތައް ތިރީގައި އެވަނީއެވެ.

ކެޓަގަރީ 1 – ސްކޫލް ދަރިވަރުންނަށް ޙާއްސަ

 ސްކޫލް ދަރިވަރުންގެ ގޮތުގައި ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ ކީ ސްޓޭޖްތަކަށެވެ.

  • ފައުންޑޭޝަން
  • ކީ ސްޓޭޖް 1
  • ކީ ސްޓޭޖް 2
  • ކީ ސްޓޭޖް 3
  • ކީ ސްޓޭޖް 4

ކެޓެގަރީ 2 -  އާންމު ފަރާތްތަކަށް ޙާއްސަ

  • 20 އަހަރުން ދަށް
  • 20 އަހަރުން މަތި
  • 35 އަހަރުން މަތި

ކެޓެގަރީ 3 – ގްރޫޕް މަދަޙަ

  • މުބާރާތުގައި މި ކެޓެގެރީގެ ހުށަހެޅުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަދުވެގެން 4 ގްރޫޕް ބައިވެރިވާނަމެއެވެ.

ވީމާ މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ޖަނަވަރީ 2026