ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ސަރުކާރު ބަންދު ދުވަސްތަކުގައި އުތީމުގަނޑުވަރުގެ ޚިދުމަތްދިނުމާއި ގުޅޭ.

އުތީމު ގަނޑުވަރަކީ، ރަސްމީ ދުވަސްތަކުގެ އިތުރުން ބަންދު ދުވަސްތަކުގައި ވެސް ގިނަ ޢަދަދެއްގެ ދިވެހީންނާއި ފަތުރުވެރީން ޒިޔާރަތްކުރާ ދިވެހީންގެ ސަގާފީތަރިކައިގެ ތެރޭގައި ހިމެނޭ މުހިއްމު ބިނާއެކެވެ. އެހެންކަމުން، ފާއިތުވި އަހަރުތަކެކޭ އެއްފަދައިން މިހިނގާ 2026ވަނަ އަހަރު ވެސް ރަސްމީ ބަންދު ދުވަސްތަކުގައި ހއ. އުތީމަށް ވަޑައިގަންނަވާ ބޭފުޅުންނަށް އުތީމު ގަނޑުވަރު ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި މަރުކަޒުން އިސްކަންދޭ ކަމެކެވެ.

އެ ގޮތުން،  2026ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތައްކަމުގައި ކަނޑައެޅިފައިވާ ދުވަސްތަކުގެ ތެރޭން ތިރީގައި މި ދަންނަވާ ދުވަސްތަކުގައި އުތީމުގަނޑުވަރު ހުޅުވައި ޚިދުމަތް ދެވޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

މުނާސަބާ

21 މާރިޗް 2026

03 ޝައްވާލް 1447

ހޮނިހިރު

ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި

05 އޭޕްރިލް 2026

18 ޝައްވާލް 1447

އާދީއްތަ

ކައުންސިލް އިންތިޚާބުގެ ވޯޓްލާ ދުވަހާއި ގުޅިގެން

28 މެއި 2026

12 ޛުލްޙިއްޖާ 1447

ބުރާސްފަތި

އަޟްޙާ ޢީދު ދުވަހުގެ މުނާޞަބަތުގައި

30 މެއި 2026

14 ޛުލްޙިއްޖާ 1447

ހޮނިހިރު

އަޟްޙާ ޢީދު ދުވަހުގެ މުނާޞަބަތުގައި

27 ޖުލައި 2026

12 ޞަފަރު 1448

ހޯމަ

މިނިވަން ދުވަހުގެ މުނާޞަބަތުގައި

 

 އިސްވެ ދެންނެވުނު ދުވަސްތަކުގެ އިތުރުން، ރަސްމީ ބަންދުނޫން ދުވަސްތަކުގައި (ހޮނިހިރުން ބުރާސްފައްޗަށް) ކޮންމެ ދުވަހަކު ހެނދުނު 8:00ން މެންދުރުފަހު 14:00އަށް އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނެއެވެ. ޓިކެޓު ވިއްކާނީ ހެނދުނު 8:15ން މެންދުރުފަހު 13:30އަށެވެ. ހުކުރު ދުވަހު އުތީމުގަނޑުވަރު ބަންދުވާނެއެވެ.

01 ފެބުރުވަރީ 2026
ހޯދާ