ދިވެހިރާއްޖެ
އުތީމު ގަނޑުވަރަކީ، ރަސްމީ ދުވަސްތަކުގެ އިތުރުން ބަންދު ދުވަސްތަކުގައި ވެސް ގިނަ ޢަދަދެއްގެ ދިވެހީންނާއި ފަތުރުވެރީން ޒިޔާރަތްކުރާ ދިވެހީންގެ ސަގާފީތަރިކައިގެ ތެރޭގައި ހިމެނޭ މުހިއްމު ބިނާއެކެވެ. އެހެންކަމުން، ފާއިތުވި އަހަރުތަކެކޭ އެއްފަދައިން މިހިނގާ 2026ވަނަ އަހަރު ވެސް ރަސްމީ ބަންދު ދުވަސްތަކުގައި ހއ. އުތީމަށް ވަޑައިގަންނަވާ ބޭފުޅުންނަށް އުތީމު ގަނޑުވަރު ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި މަރުކަޒުން އިސްކަންދޭ ކަމެކެވެ.
އެ ގޮތުން، 2026ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތައްކަމުގައި ކަނޑައެޅިފައިވާ ދުވަސްތަކުގެ ތެރޭން ތިރީގައި މި ދަންނަވާ ދުވަސްތަކުގައި އުތީމުގަނޑުވަރު ހުޅުވައި ޚިދުމަތް ދެވޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.
|
ތާރީޚު |
ދުވަސް |
މުނާސަބާ |
|
21 މާރިޗް 2026 03 ޝައްވާލް 1447 |
ހޮނިހިރު |
ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި |
|
05 އޭޕްރިލް 2026 18 ޝައްވާލް 1447 |
އާދީއްތަ |
ކައުންސިލް އިންތިޚާބުގެ ވޯޓްލާ ދުވަހާއި ގުޅިގެން |
|
28 މެއި 2026 12 ޛުލްޙިއްޖާ 1447 |
ބުރާސްފަތި |
އަޟްޙާ ޢީދު ދުވަހުގެ މުނާޞަބަތުގައި |
|
30 މެއި 2026 14 ޛުލްޙިއްޖާ 1447 |
ހޮނިހިރު |
އަޟްޙާ ޢީދު ދުވަހުގެ މުނާޞަބަތުގައި |
|
27 ޖުލައި 2026 12 ޞަފަރު 1448 |
ހޯމަ |
މިނިވަން ދުވަހުގެ މުނާޞަބަތުގައި |
އިސްވެ ދެންނެވުނު ދުވަސްތަކުގެ އިތުރުން، ރަސްމީ ބަންދުނޫން ދުވަސްތަކުގައި (ހޮނިހިރުން ބުރާސްފައްޗަށް) ކޮންމެ ދުވަހަކު ހެނދުނު 8:00ން މެންދުރުފަހު 14:00އަށް އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނެއެވެ. ޓިކެޓު ވިއްކާނީ ހެނދުނު 8:15ން މެންދުރުފަހު 13:30އަށެވެ. ހުކުރު ދުވަހު އުތީމުގަނޑުވަރު ބަންދުވާނެއެވެ.