ދިވެހިރާއްޖެ
އިޢުލާން
އިމާމުން / މުދިމުންގެ "ވޭޖް ޕޫލް އެކުލަވާލުމާއި " ގުޅޭ
2026 ވަނަ އަހަރަށް ރ.ވާދޫ މިސްކިތްތަކުގައި ވަގުތީގޮތުން އިމާމުވެ ނާމާދު ކުރާނެ އިމާމުން/ މުދިމުންގެ ޕޫލް އެއް އެކުލަވާލުމަށް ބޭނުންވެއެވެ. ވީމާ މި ޕޫލްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިއަދުންފެށިގެން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ފޯނު ނަމްބަރަށް 4000299 ގުޅުއްވާ، ނުވަތަ މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
ނަން ނޯޓުކުރާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކާއި، މިއިދާރާއާއި ދެމެދު އެއްބަސްވުމެއް އެކުލަވާލެވޭނެއެވެ.
|
މަޤާމް |
މަޤާމުގެ ޝަރުތު |
މުސާރަ |
|
އިމާމު |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، މުދިމްކަމުގެ ސަނަދު ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން. ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް -/61 (ފަސްދޮޅަސް އެއްރުފިޔާ) |
|
މުދިމް |
ތަޖުވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން ދަންނަ މީހެއްކަމުގައިވުން. |
ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް -/53 (ފަންސާސް ތިންރުފިޔާ) |
03 ޝަޢްބާން 1447
