ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)299/299/2026/6
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 31 ޑިސެންބަރު 2026 00:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުން / މުދިމުންގެ "ވޭޖް ޕޫލް އެކުލަވާލުމާއި " ގުޅޭ

އިޢުލާން

އިމާމުން / މުދިމުންގެ "ވޭޖް ޕޫލް އެކުލަވާލުމާއި " ގުޅޭ

2026  ވަނަ އަހަރަށް ރ.ވާދޫ މިސްކިތްތަކުގައި ވަގުތީގޮތުން އިމާމުވެ ނާމާދު ކުރާނެ އިމާމުން/ މުދިމުންގެ ޕޫލް އެއް އެކުލަވާލުމަށް ބޭނުންވެއެވެ. ވީމާ މި ޕޫލްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިއަދުންފެށިގެން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ފޯނު ނަމްބަރަށް 4000299  ގުޅުއްވާ، ނުވަތަ މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.

ނަން ނޯޓުކުރާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކާއި، މިއިދާރާއާއި ދެމެދު އެއްބަސްވުމެއް އެކުލަވާލެވޭނެއެވެ.

މަޤާމް

މަޤާމުގެ ޝަރުތު

މުސާރަ

އިމާމު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، މުދިމްކަމުގެ ސަނަދު ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

ނުވަތަ

ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް

-/61 (ފަސްދޮޅަސް އެއްރުފިޔާ)

މުދިމް

ތަޖުވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން ދަންނަ މީހެއްކަމުގައިވުން.

ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް

-/53 (ފަންސާސް ތިންރުފިޔާ)

‏03‏ ޝަޢްބާން‏ 1447

 

21 ޖަނަވަރީ 2026