ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް މަރާމާތުކުރުން

         1447 ވަނަ އަހަރު ރަމަޟާންމަސް ފެށުމުގެ ކުރިން މިރަށު މިސްކިތްތަކު ކުރަންހުރި މިދަންނަވާ މަރާމާތުތަށް ކުރުމަށް ބޭނުންވެއެވެ.

  1. 1.      މަސްޖިދުލް އިޚްލާސް

-          މިސްކިތަށްވަންނަ ބޮޑު 2 ދޮރުގެ ކަނިންފާރުގައި ޖެހޭތަނަށް ސެލްކޯންއެޅުމާ، 2 ދޮރުގެ ދޮރުފަތް މަރާމާތުކުރުމާ، ވައިލީކުވުން ހުއްޓުވުމަށް ދޮރުފަތަށް ގެންނަންޖެހޭ ބަދަލްގެނެސް މަރާމާތުކުރުން

-          މިސްކިތާ، ފެންޑާގެ ސީލިންގގާ ފާރާދޭތެރޭގައިވާ ހިންމިއަށް ސެލްކޯންއަޅައި ބެއްދުން

-          މިސްކިތުގެ ބޭރުން ކުލަފައިބާފައިވާ ތަންތަން ކުލަކަހައި ސީލަރުލައި އަލުން ހުދު ކުލަލުން

  1. 2.      ހުކުރުމިސްކިތް

-          މިސްކިތުގެ ފެންޑާފާރުތަކުގެ ދެފަރާތުން ކުލަކަހައި ސީލަރުލައި އަލުން ހުދު މޮޅު ކުލަލުން. އަދި ކުލަ ލުމުގެކުރިން ވެލިފާބައިފާހުރިތަންތަނުން ސިމެންތިކޮށައި އަލުން ސިމެންތިޖަހަންވާނެއެވެ

-          މިސްކިތުގެ ފައިދޮށްތަކާއި ދޮރުތަކު ސޮލިގުނަމްލުން

-          ފެންޑާގައި 1 އޯބިޓްފަންކާ ހަރުކުރުން

-          މިސްކިތުދޮރުތަކާއި ކުޑަދޮރުތަކުގެ ޖާލީ ވަރުނިސްލުން

-          މުންނާރު ކުލަކަހައި ސީލަރުލައި އަލުން ހުދުމޮޅުކުލަލުން

  1. 3.      ނަރުއާމިސްކިތް

-          ނަރުއާމިސްކިތު ގަބުރުސްތާކުން ގަސްއުފުރައި ކުނިތަށް ގޮޑަށްއުކުން

-          މިސްކިތު ހުޅަނގުފަރާތު ފާރުން ދޮރެއްކަނޑައި ކުރީޒަމާނު މިސްކިތަށް ހުޅަނގުފަރާތުން ވަންނަ މަގު ރީތިކުރުމާ، ތިރިފާރުކޮޅު ރޭނުން

-          ފުރާޅުޓިނުތަކުހުރި ލޯވަޅުތައް ބެއްދުމާ، ކުޑަދިރުން ބިނދިފައިވާ ލަކުޑިތޭރީ މަރާމާތުކުރުން

  1. 4.      މަސްޖިދުއް އައްވާބީ

-          މިސްކިތުގޯތީ އަރިއަޅާލާފައި ހުރި ރިތިފާރުބުރިތައް ސީދާކޮށް ފާރުބުރިތަކާ ވަށާފާރާދެމެދުވާ ޖާގައަށް ތުނޑީކޮޅުހުރި ވެލިފުނިން 6 އިންޗި ބޯމިނަށް ދޮންވެލިލުން. އަދި ވެލިލުމަށްފަހު މަށަންދަތިން އެއްވަރުކޮށް މަތީގައިވާ ގައިތަށް ނަގާ އުކުން

-          މިސްކިތު ގޯތިތެރޭ އަތުރާފައިވާ ގާތަށް ނަގައި ބިންއެއްވަރުކޮށް އެއްގާ އަނެއްގަލާ ޖައްސައިގެން އެތުރުން. މިގޮތަށް ގާޖެއްސުމުން މަދަވާ ގަލަށް ގައު އަޅައިގެން މަދުވާބައި ހަމަޖެއްސުން

-          މިސްކިތުދިތަދޮވިތަކުން ލީކުވާ ފައްތަރުތަށް ބުރިކޮށްގެން ދަބަރުޖަހާފައިވާ ބައި ނަގާ އަލުން ގުޅުވައިގެން ރަގަޅުކުރުން. މަދުވާ ދިޔަދޮވިގަނެ ހަރުކުރުން

-          ގުދަނުގެ ބޮޑުދޮރާއި ދޮރުފަތް ފައިބަރު ނުވަތަ އެލްމެނިއަމް ދޮރާދޮރުފަތަށް ބަދަލްކުރުން

ވީމާ، މިމަސައްކަތްތަށް ކޮއްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ޖަނަވަރީ 2026 ވަނަދުވަހު 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖަނަވަރީ 2026 ވަނަ ދުވަހުގެ 10:30 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

 

               މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

               29  ރަޖަބު  1447

18 ޖަނަވަރީ 2026
ހޯދާ