ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާންމަސް ފެށުމުގެ ކުރިން މިރަށު މިސްކިތްތަކު ކުރަންހުރި މިދަންނަވާ މަރާމާތުތަށް ކުރުމަށް ބޭނުންވެއެވެ.
- 1. މަސްޖިދުލް އިޚްލާސް
- މިސްކިތަށްވަންނަ ބޮޑު 2 ދޮރުގެ ކަނިންފާރުގައި ޖެހޭތަނަށް ސެލްކޯންއެޅުމާ، 2 ދޮރުގެ ދޮރުފަތް މަރާމާތުކުރުމާ، ވައިލީކުވުން ހުއްޓުވުމަށް ދޮރުފަތަށް ގެންނަންޖެހޭ ބަދަލްގެނެސް މަރާމާތުކުރުން
- މިސްކިތާ، ފެންޑާގެ ސީލިންގގާ ފާރާދޭތެރޭގައިވާ ހިންމިއަށް ސެލްކޯންއަޅައި ބެއްދުން
- މިސްކިތުގެ ބޭރުން ކުލަފައިބާފައިވާ ތަންތަން ކުލަކަހައި ސީލަރުލައި އަލުން ހުދު ކުލަލުން
- 2. ހުކުރުމިސްކިތް
- މިސްކިތުގެ ފެންޑާފާރުތަކުގެ ދެފަރާތުން ކުލަކަހައި ސީލަރުލައި އަލުން ހުދު މޮޅު ކުލަލުން. އަދި ކުލަ ލުމުގެކުރިން ވެލިފާބައިފާހުރިތަންތަނުން ސިމެންތިކޮށައި އަލުން ސިމެންތިޖަހަންވާނެއެވެ
- މިސްކިތުގެ ފައިދޮށްތަކާއި ދޮރުތަކު ސޮލިގުނަމްލުން
- ފެންޑާގައި 1 އޯބިޓްފަންކާ ހަރުކުރުން
- މިސްކިތުދޮރުތަކާއި ކުޑަދޮރުތަކުގެ ޖާލީ ވަރުނިސްލުން
- މުންނާރު ކުލަކަހައި ސީލަރުލައި އަލުން ހުދުމޮޅުކުލަލުން
- 3. ނަރުއާމިސްކިތް
- ނަރުއާމިސްކިތު ގަބުރުސްތާކުން ގަސްއުފުރައި ކުނިތަށް ގޮޑަށްއުކުން
- މިސްކިތު ހުޅަނގުފަރާތު ފާރުން ދޮރެއްކަނޑައި ކުރީޒަމާނު މިސްކިތަށް ހުޅަނގުފަރާތުން ވަންނަ މަގު ރީތިކުރުމާ، ތިރިފާރުކޮޅު ރޭނުން
- ފުރާޅުޓިނުތަކުހުރި ލޯވަޅުތައް ބެއްދުމާ، ކުޑަދިރުން ބިނދިފައިވާ ލަކުޑިތޭރީ މަރާމާތުކުރުން
- 4. މަސްޖިދުއް އައްވާބީ
- މިސްކިތުގޯތީ އަރިއަޅާލާފައި ހުރި ރިތިފާރުބުރިތައް ސީދާކޮށް ފާރުބުރިތަކާ ވަށާފާރާދެމެދުވާ ޖާގައަށް ތުނޑީކޮޅުހުރި ވެލިފުނިން 6 އިންޗި ބޯމިނަށް ދޮންވެލިލުން. އަދި ވެލިލުމަށްފަހު މަށަންދަތިން އެއްވަރުކޮށް މަތީގައިވާ ގައިތަށް ނަގާ އުކުން
- މިސްކިތު ގޯތިތެރޭ އަތުރާފައިވާ ގާތަށް ނަގައި ބިންއެއްވަރުކޮށް އެއްގާ އަނެއްގަލާ ޖައްސައިގެން އެތުރުން. މިގޮތަށް ގާޖެއްސުމުން މަދަވާ ގަލަށް ގައު އަޅައިގެން މަދުވާބައި ހަމަޖެއްސުން
- މިސްކިތުދިތަދޮވިތަކުން ލީކުވާ ފައްތަރުތަށް ބުރިކޮށްގެން ދަބަރުޖަހާފައިވާ ބައި ނަގާ އަލުން ގުޅުވައިގެން ރަގަޅުކުރުން. މަދުވާ ދިޔަދޮވިގަނެ ހަރުކުރުން
- ގުދަނުގެ ބޮޑުދޮރާއި ދޮރުފަތް ފައިބަރު ނުވަތަ އެލްމެނިއަމް ދޮރާދޮރުފަތަށް ބަދަލްކުރުން
ވީމާ، މިމަސައްކަތްތަށް ކޮއްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ޖަނަވަރީ 2026 ވަނަދުވަހު 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖަނަވަރީ 2026 ވަނަ ދުވަހުގެ 10:30 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
29 ރަޖަބު 1447