ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތްކުރާނެ ހީވާގި، ޤާބިލް، މަސައްކަތަށް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.
ބޭނުންވާ އަދަދު: |
3 (ތިނެއް) |
މަސައްކަތުގެ މުއްދަތު: |
1 (އެކެއް) އަހަރު ދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މުއްދަތު އިތުރުކުރެވޭނެ) |
މަސައްކަތުގެ ވަގުތު: |
ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 02:00 އަށް (އޮފީހުން ބޭނުންވެއްޖެ ޙާލަތެއްގައި، ހަވީރު ފަހެއް ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.) |
އުޖޫރަ: |
އަސާސީ މުސާރަ: މަހަކު -/10،000 ރުފިޔާ ސަރވިސް އެލަވަންސް: މަހަކު -/2،500 ރުފިޔާ ޕަރފޯމަންސް އެލަވަންސް: މަހަކު -/2،500 ރުފިޔާ |
ފެންވަރު/ޝަރުޠު: |
(މި މަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލާއި، "ޓާރމްސް އޮފް ރިފަރެންސް" މި އޮފީހުގެ www.ncit.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.) |
މައިގަނޑު މަސައްކަތްތައް: |
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
|
ހުށަހަޅަންޖެހޭ ތާރީޚު: |
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 7 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected] އަށް) ފޮނުވުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމޭލް ކުރާނީ [email protected] އެޑްރެހަށެވެ. |
އޮފީހުގެ މަޢުލޫމާތު: |
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، 64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ ފޯނު ނަންބަރު: (960) 334 4000، ފެކްސް ނަންބަރު: (960) 334 4004 އީމޭލް އެޑްރެސް: [email protected] ވެބްސައިޓް: www.ncit.gov.mv |
14 ޞަފަރު 1437