ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2015/120
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 07 ޑިސެންބަރު 2015 14:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑެވެލޮޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތްކުރާނެ ހީވާގި، ޤާބިލް، މަސައްކަތަށް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

3 (ތިނެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު ދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 02:00 އަށް (އޮފީހުން ބޭނުންވެއްޖެ ޙާލަތެއްގައި، ހަވީރު ފަހެއް ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ: މަހަކު -/10،000 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،500 ރުފިޔާ

ޕަރފޯމަންސް އެލަވަންސް: މަހަކު -/2،500 ރުފިޔާ

ފެންވަރު/ޝަރުޠު:

  1. މަޤާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 5 ސޮފްޓްވެއަރ ތައްޔާރުކޮށްފައިވުމާއި، ސޮފްޓްވެއަރ އިންޖިނިއަރިންގ މަސައްކަތުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. PHP ނުވަތަ .NET ޓެކްނޯލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  4. Javascript، HTML5، CSS3 ފަދަ ވެބް ޓެކްނޯލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  5. MsSQL ނުވަތަ MySQL ފަދަ ޑޭޓާބޭސް ޓެކްނޮލޮޖީ ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  6. އަމިއްލަ އިސްނެގުމާއެކު އެހެންމީހެއްގެ އެހީއާނުލައި  ޕްރޮޑަކްޝަން ލެވެލްގެ ސިސްޓަމް ޑިޒައިންކޮށް ކޯޑުކުރުމުގެ ޤާބިލިއްޔަތު ހުރުން.

(މި މަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލާއި، "ޓާރމްސް އޮފް ރިފަރެންސް" މި އޮފީހުގެ www.ncit.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރައްވާ މަސައްކަތްތަކާއި، ދެއްވާ ޚިދުމަތްތައް، އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ހަރުދަނާކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ފަރުމާކޮށް ތައްޔާރުކުރުމާއި، އެޕްލިކޭޝަން ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި މިންގަނޑުތައް، އޮފީހުގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެމަތިން ކަނޑައަޅައި، އުފެއްދުންތެރިކަން އިތުރުކުރެވޭނެހެން މަސައްކަތްތައް ކުރުން.
  2. ކޮމްޕްލެކްސް ސޮފްޓްވެއަރ އެޕްލިކޭޝަން ސިސްޓަމްސްތައް ދެނެގަތުން.
  3. އެހެން މީހުންނާއެކު މަސައްކަތްކޮށް، އާ އެޕްލިކޭޝަންތައް ތައްޔާރުކުރުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުން.
  4. ހަވާލުކުރެވޭ ޕްރޮޖެކްޓް ޓެސްޓްކުރާނެގޮތް ޑިޒައިންކޮށް، އެކަން މެނޭޖްކުރެން.
  5. ސްޓޭންޑަޑްތަކާ އެއްގޮތް ސްފްޓްވެއާރއާ ގުޅޭ ޑޮކިއުމެންޓޭޝަން ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.

ހުށަހަޅަންޖެހޭ ތާރީޚު:

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 7 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected] އަށް) ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމޭލް ކުރާނީ [email protected] އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:  (960) 334 4000، ފެކްސް ނަންބަރު: (960) 334 4004

އީމޭލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

14 ޞަފަރު 1437

26 ނޮވެންބަރު 2015