ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޑްރައިވަރ

އިޢްލާން

ވަޒީފާގެ ފުރުޞަތު:

މި ޑިޕާޓްމަންޓުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ޑްރައިވަރ

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ރޭންކް: އެސް. އެސް. 2

ސެކްޝަން: އެޑްމިނިސްޓްރޭޓިވް ސެކްޝަން

މުސާރަ: -/3470 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

އަދަދު: 5 (ފަހެއް)

މަޤާމުގެ ޝަރުޠުތައް (ތަޢުލީމާއި ތަޖުރިބާ):

- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު؛

- މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމަށް ބޭނުންވާ (ކާރު ދުއްވުމުގެ) ލައިސަންސް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:       

1. މި ޑިޕާޓްމަންޓުގެ ވެހިކަލްތައް ދުއްވުމާއި ބެލެހެއްޓުން.

- މި ޑިޕާޓްމަންޓުގެ ވެހިކަލް ދުއްވުން.

- ވެހިކަލްތައް މަރާމާތުކުރުން (ކުދި މަރާމާތުތައް)

- ވެހިކަލްތައް ދޮވެ ސާފުކުރުން (ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން)

- ވެހިކަލްތައް އިންޝުއަރެންސް ކުރުމާއި، އަހަރީ ފީދެއްކުމާއި، ރޯޑްވާރދިނަސް ހެދިފައިވޭތޯ ގަވާއިދުން ބަލައި މިކަމާގުޅޭ މަސއްކަތްތައް ކުރުން.

- ވެހިކަލުގައި ކުރެވޭ ދަތުރުތައް ލޮގުކުރުން.

2. އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން

- ސިޓީ ފަދަ ތަކެތި ބެހުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:        

ތަޢުލީމީގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ، އިންޓަވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.

އިންޓަވިއު އާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:  

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 6 ޑިސެންބަރު 2015 އާއި 10 ޑިސެންބަރު 2015 އާއި ދެމެދުގެ ދުވަހެއްގައެވެ. އިންޓަވިއުއަށް ހާޒިރުވާނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން (ހ. ވެލާނާގޭގެ / 1 ވަނަ ފަންގިފިލާ) އަށެވެ.

އެޕްލިކޭޝަން ފޯމް ހުށަހަޅަންވީ ތާރީޚާއި ސުންގަޑި:

2015 ޑިސެންބަރު 2 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް (ހ. ވެލާނާގޭގެ / 1 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.immigration.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވަޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފައިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން ބަޔާންކޮށް ދީފައިވާ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީ.ވީ)

ސަމާލުކަމަށް:

- އިސްވެ ބަޔާންކުރެވުނު ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ. އަދި ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އިންޓަވިއުކުރުމަށްފަހު، މަޤާމަށް ހޮވޭ ފަރާތްތަކަށް އެކަން މި ޑިޕާޓްމަންޓުން އަންގާނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3330411 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3320011 އެވެ.

- މި ޑިޕާޓްމަންޓުގެ www.immigration.gov.mv ގެ ވެބްސައިޓުން، ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އާއި، އިމިގްރޭޝަނާބެހޭ ޤަވާއިދު ބަލައި މަޢުލޫމާތު ހޯދުން އެދެމެވެ.

7 ޞަފަރު 1437

19 ނޮވެންބަރު 2015
ހޯދާ