ދިވެހިރާއްޖެ
އިޢްލާން
ވަޒީފާގެ ފުރުޞަތު:
މި ޑިޕާޓްމަންޓުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: ޑްރައިވަރ
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
މަޤާމުގެ ރޭންކް: އެސް. އެސް. 2
ސެކްޝަން: އެޑްމިނިސްޓްރޭޓިވް ސެކްޝަން
މުސާރަ: -/3470 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
އަދަދު: 5 (ފަހެއް)
މަޤާމުގެ ޝަރުޠުތައް (ތަޢުލީމާއި ތަޖުރިބާ):
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު؛
- މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމަށް ބޭނުންވާ (ކާރު ދުއްވުމުގެ) ލައިސަންސް ލިބިފައިވުން.
މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:
1. މި ޑިޕާޓްމަންޓުގެ ވެހިކަލްތައް ދުއްވުމާއި ބެލެހެއްޓުން.
- މި ޑިޕާޓްމަންޓުގެ ވެހިކަލް ދުއްވުން.
- ވެހިކަލްތައް މަރާމާތުކުރުން (ކުދި މަރާމާތުތައް)
- ވެހިކަލްތައް ދޮވެ ސާފުކުރުން (ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން)
- ވެހިކަލްތައް އިންޝުއަރެންސް ކުރުމާއި، އަހަރީ ފީދެއްކުމާއި، ރޯޑްވާރދިނަސް ހެދިފައިވޭތޯ ގަވާއިދުން ބަލައި މިކަމާގުޅޭ މަސއްކަތްތައް ކުރުން.
- ވެހިކަލުގައި ކުރެވޭ ދަތުރުތައް ލޮގުކުރުން.
2. އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން
- ސިޓީ ފަދަ ތަކެތި ބެހުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ތަޢުލީމީގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ، އިންޓަވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.
އިންޓަވިއު އާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 6 ޑިސެންބަރު 2015 އާއި 10 ޑިސެންބަރު 2015 އާއި ދެމެދުގެ ދުވަހެއްގައެވެ. އިންޓަވިއުއަށް ހާޒިރުވާނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން (ހ. ވެލާނާގޭގެ / 1 ވަނަ ފަންގިފިލާ) އަށެވެ.
އެޕްލިކޭޝަން ފޯމް ހުށަހަޅަންވީ ތާރީޚާއި ސުންގަޑި:
2015 ޑިސެންބަރު 2 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް (ހ. ވެލާނާގޭގެ / 1 ވަނަ ފަންގިފިލާ)
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.immigration.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވަޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފައިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން ބަޔާންކޮށް ދީފައިވާ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީ.ވީ)
ސަމާލުކަމަށް:
- އިސްވެ ބަޔާންކުރެވުނު ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ. އަދި ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އިންޓަވިއުކުރުމަށްފަހު، މަޤާމަށް ހޮވޭ ފަރާތްތަކަށް އެކަން މި ޑިޕާޓްމަންޓުން އަންގާނެއެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3330411 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3320011 އެވެ.
- މި ޑިޕާޓްމަންޓުގެ www.immigration.gov.mv ގެ ވެބްސައިޓުން، ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އާއި، އިމިގްރޭޝަނާބެހޭ ޤަވާއިދު ބަލައި މަޢުލޫމާތު ހޯދުން އެދެމެވެ.
7 ޞަފަރު 1437