މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ގަވަރނަރސް އޮފީސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އެޑްމިނިސްޓްރޭޝަންއާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، މަތީގައި ބަޔާންކޮށްފައިވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އެގްޒެކެޓިވް އެޑްމިނިސްޓްރޭޝަން ނުވަތަ އޮފީސް މެނޭޖްމަންޓް ދާއިރާއިން މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު މެނޭޖްމަންޓް ނުވަތަ އިސް މަގާމެއްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން.(ރެގިއުލޭޓަރީ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ގަވަރނަރސް އޮފީހުގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން
  • ގަވަރނަރސް އޮފީހުން އިންތިޒާމްކުރަންޖެހޭ ދަތުރުތައް ރާވައި، އެކަންކަމާ ގުޅޭ އިންތިޒާމުތައް ހިންގާ ބެލެހއްޓުން
  • ރަސްމީ ލިޔެކިޔުންތަކާއި ސިޓީތައް ބަލައިގަތުމާއި، އެ ތަކެތި މުރާޖައާކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް އިސްވެ ބެލެހެއްޓުން.
  • ގަވަރނަރސް އޮފީހުން ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔެކިއުން ތައްޔާރުކުރުން
  • ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއި، މަރުކަޒީ ބޭންކުތަކާއި، ފައިނޭންޝަލް އިންސްޓިޓިއުޝަން ފަދަ އިދާރާތަކާއެކު ކުރެވޭ މުއާމަލާތްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ބޯޑު ސެކްރެޓަރީއަށް އިދާރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި، މެނޭޖުމަންޓުގެ ނިންމުންތަކާއި ސިޔާސަތުތައް އެކުލަވައިލުމުގައި އެހީތެރިވުން.
  • ނޫސްވެރިންގެ ބައްދަލުވުންތަކާއި އިންޓަވިއުތަކާ ގުޅޭގޮތުން، މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަނާ ގުޅިގެން މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

29,500.00 – 31,300.00 ރުފިޔާ

މަޤާމް:

އައިޓީ އޮޑިޓަރ 

ސެކްޝަން/ޑިވިޜަން:

އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، މަތީގައި ބަޔާންކޮށްފައިވާ ފާހުގެ އިތުރަށް ތިރީގައި މިވާ ދައިރާތަކުން ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

- ޖީސީއީ އޭލެވެލް އިމްތިޙާނުގެ އެކައުންޓިން މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން

- ޑޭޓާ ސައިންސް ނުވަތަ ޑޭޓާ އެނަލިޓިކްސް ދާއިރާއިން ސެޓްފިކޭޝަނެއް ހާސިލް ކޮށްފައިވުން

- އައިޓީ އޮޑިޓް ދާއިރާއިން ސެޓްފިކޭޝަނެއް (މިސާލަކަށް ސެޓްފައިޑް އިންފޮރމޭޝަން ސިސްޓަމްސް އޮޑިޓަރ) ހާސިލް ކޮށްފައިވުން

-  އައިޓީ އޮޑިޓް ނުވަތަ އައިޓީ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެ.

  • މި ވަޒީފާއަށް ހޮވޭ ފަރާތަށް އެކައުންޓިން ދައިރާގެ ސެޓްފިކެޓެއް ލިބިފައިނުވާނަމަ، ވަޒީފާ އަދާކުރަންފަށާތާ 1 އަހަރު ދުވަސް ތެރޭގައި އޮތޯރިޓީއިން ހަމަޖައްސައިދޭ އެކައުންޓިންގެ އަސާސީ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އައިޓީ އޮޑިޓްތައް ކުރުމާއި އެމްއެމްއޭގެ އައިޓީއާ ގުޅުންހުރި މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮންޓްރޯލްސްތަކާ އެއްގޮތަށްތޯ ބަލައި އައިޓީ އޮޑިޓް  އެންގޭޖްމެންޓްތައް ހެދުމުގައި އެހީތެރިވުން.

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ޖީސީއީ އޭލެވެލް ގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ފާހެއް ހާސިލްކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ކޯލް ސެންޓަރ އޮފަރޭޝަންސް ނުވަތަ ކަސްޓަމަރ ސަރވިސް ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އޮތޯރިޓީއަށް އަންނަ ފޯނު ކޯލުތަކާއި، އީމެއިލްތަކާއި، އަދި ޑިޖިޓަލް އިންކުއަރީތަކަށް ޖަވާބުދާރީވުން.
  • އޮތޯރިޓީގެ ސިޔާސަތުތަކާއި، ގަވާއިދުތަކާއި، މާލީ ޚިދުމަތްތަކާއި، ލައިސަންސް ދޫކުރުމާއި، އަދި ކޮމްޕްލަޔަންސްއާ ގުޅޭ މައުލޫމާތު ދިނުން.
  • މާލީ ޚިދުމަތްތަކާ ގުޅޭ ގޮތުން އޮތޯރިޓީއަށް ހުށަހެޅޭ ޝަކުވާތައް ކަމާބެހޭ ސެކްޝަނަށް ފޮނުވައި އެކަށީގެންވާ ގޮތެއްގައި ލިޔެކިޔުންތައް ބެލެހެއްޓުން.
  • ޢާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކަށް އެހީތެރިވެދިނުމާއި އަދި ސިއްރު ހިފެހެއްޓުމާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގުޅިގެން މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

11,750.00 – 13,250.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާރސްޓަރސް ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

 12 ޖަނަވަރީ 2026ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ. 

06 ޖަނަވަރީ 2026
ހޯދާ