|
މަޤާމް:
|
މެނޭޖަރ
|
|
ސެކްޝަން/ޑިވިޜަން:
|
ގަވަރނަރސް އޮފީސް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އެޑްމިނިސްޓްރޭޝަންއާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން
- ވަޒީފާ ހަމަޖެއްސުމުގައި، މަތީގައި ބަޔާންކޮށްފައިވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އެގްޒެކެޓިވް އެޑްމިނިސްޓްރޭޝަން ނުވަތަ އޮފީސް މެނޭޖްމަންޓް ދާއިރާއިން މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު މެނޭޖްމަންޓް ނުވަތަ އިސް މަގާމެއްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން.(ރެގިއުލޭޓަރީ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ގަވަރނަރސް އޮފީހުގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން
- ގަވަރނަރސް އޮފީހުން އިންތިޒާމްކުރަންޖެހޭ ދަތުރުތައް ރާވައި، އެކަންކަމާ ގުޅޭ އިންތިޒާމުތައް ހިންގާ ބެލެހއްޓުން
- ރަސްމީ ލިޔެކިޔުންތަކާއި ސިޓީތައް ބަލައިގަތުމާއި، އެ ތަކެތި މުރާޖައާކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް އިސްވެ ބެލެހެއްޓުން.
- ގަވަރނަރސް އޮފީހުން ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔެކިއުން ތައްޔާރުކުރުން
- ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއި، މަރުކަޒީ ބޭންކުތަކާއި، ފައިނޭންޝަލް އިންސްޓިޓިއުޝަން ފަދަ އިދާރާތަކާއެކު ކުރެވޭ މުއާމަލާތްތައް ތައްޔާރުކޮށް ބެލެހެއްޓުން.
- ބޯޑު ސެކްރެޓަރީއަށް އިދާރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި، މެނޭޖުމަންޓުގެ ނިންމުންތަކާއި ސިޔާސަތުތައް އެކުލަވައިލުމުގައި އެހީތެރިވުން.
- ނޫސްވެރިންގެ ބައްދަލުވުންތަކާއި އިންޓަވިއުތަކާ ގުޅޭގޮތުން، މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަނާ ގުޅިގެން މަސައްކަތްކުރުން.
|
|
މުސާރަޔާއި އިނާޔަތްތައް
|
29,500.00 – 31,300.00 ރުފިޔާ
|
|
މަޤާމް:
|
އައިޓީ އޮޑިޓަރ
|
|
ސެކްޝަން/ޑިވިޜަން:
|
އިންޓަރނަލް އޮޑިޓް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
- ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
- ވަޒީފާ ހަމަޖެއްސުމުގައި، މަތީގައި ބަޔާންކޮށްފައިވާ ފާހުގެ އިތުރަށް ތިރީގައި މިވާ ދައިރާތަކުން ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ
- ޖީސީއީ އޭލެވެލް އިމްތިޙާނުގެ އެކައުންޓިން މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
- ޑޭޓާ ސައިންސް ނުވަތަ ޑޭޓާ އެނަލިޓިކްސް ދާއިރާއިން ސެޓްފިކޭޝަނެއް ހާސިލް ކޮށްފައިވުން
- އައިޓީ އޮޑިޓް ދާއިރާއިން ސެޓްފިކޭޝަނެއް (މިސާލަކަށް ސެޓްފައިޑް އިންފޮރމޭޝަން ސިސްޓަމްސް އޮޑިޓަރ) ހާސިލް ކޮށްފައިވުން
- އައިޓީ އޮޑިޓް ނުވަތަ އައިޓީ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެ.
- މި ވަޒީފާއަށް ހޮވޭ ފަރާތަށް އެކައުންޓިން ދައިރާގެ ސެޓްފިކެޓެއް ލިބިފައިނުވާނަމަ، ވަޒީފާ އަދާކުރަންފަށާތާ 1 އަހަރު ދުވަސް ތެރޭގައި އޮތޯރިޓީއިން ހަމަޖައްސައިދޭ އެކައުންޓިންގެ އަސާސީ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެއެވެ.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އައިޓީ އޮޑިޓްތައް ކުރުމާއި އެމްއެމްއޭގެ އައިޓީއާ ގުޅުންހުރި މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮންޓްރޯލްސްތަކާ އެއްގޮތަށްތޯ ބަލައި އައިޓީ އޮޑިޓް އެންގޭޖްމެންޓްތައް ހެދުމުގައި އެހީތެރިވުން.
|
|
މުސާރަޔާއި އިނާޔަތްތައް
|
20,500.00 – 22,300.00 ރުފިޔާ
|
|
މަޤާމް:
|
އޮފިސަރ
|
|
ސެކްޝަން/ޑިވިޜަން:
|
ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ސެކްޝަން
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
- ޖީސީއީ އޭލެވެލް ގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ފާހެއް ހާސިލްކޮށްފައިވުން
- ވަޒީފާ ހަމަޖެއްސުމުގައި ކޯލް ސެންޓަރ އޮފަރޭޝަންސް ނުވަތަ ކަސްޓަމަރ ސަރވިސް ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އޮތޯރިޓީއަށް އަންނަ ފޯނު ކޯލުތަކާއި، އީމެއިލްތަކާއި، އަދި ޑިޖިޓަލް އިންކުއަރީތަކަށް ޖަވާބުދާރީވުން.
- އޮތޯރިޓީގެ ސިޔާސަތުތަކާއި، ގަވާއިދުތަކާއި، މާލީ ޚިދުމަތްތަކާއި، ލައިސަންސް ދޫކުރުމާއި، އަދި ކޮމްޕްލަޔަންސްއާ ގުޅޭ މައުލޫމާތު ދިނުން.
- މާލީ ޚިދުމަތްތަކާ ގުޅޭ ގޮތުން އޮތޯރިޓީއަށް ހުށަހެޅޭ ޝަކުވާތައް ކަމާބެހޭ ސެކްޝަނަށް ފޮނުވައި އެކަށީގެންވާ ގޮތެއްގައި ލިޔެކިޔުންތައް ބެލެހެއްޓުން.
- ޢާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކަށް އެހީތެރިވެދިނުމާއި އަދި ސިއްރު ހިފެހެއްޓުމާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގުޅިގެން މަސައްކަތްކުރުން.
|
|
މުސާރަޔާއި އިނާޔަތްތައް
|
11,750.00 – 13,250.00 ރުފިޔާ
|
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ޑިގްރީ ނުވަތަ މާރސްޓަރސް ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
|
|
ސުންގަޑި
|
12 ޖަނަވަރީ 2026ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް
|