އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ (ވަގުތީ) – ކްލެއިމްސް އެންޑް ޕްރޮސެސިންގ ޑިޕާޓްމަންޓް

އެސިސްޓެންޓް އޮފިސަރ (ވަގުތީ) – ކްލެއިމްސް އެންޑް ޕްރޮސެސިންގ ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

- ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ފާސްވެފައިވުން

- އަދާކޮށްފައިވާ ވަޒީފާތަކާއި އަދި މަސައްކަތުގެ ތަޖުރިބާއަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.

- މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން

- އިނގިރޭސި އަދި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން

- ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން

ވަޒީފާގެ ޒިންމާތައް:

- އާސަންދައިގެ ޚިދުމަތް ހޯދުމަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ސިސްޓަމަށް އެޅުން

- ސިސްޓަމަށް އަޅާފައިވާ މަޢުލޫމާތު އަދި ހުށަހަޅުއްވާފައިވާ އިންވޮއިސްތަކުގެ މަޢުލޫމާތު ޞައްޙަތޯ ބަލައި، މަޢުލޫމާތު ހުރީ ފުރިހަމައަށްތޯ ބަލައި ފާސްކުރުން

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 29 ނޮވެންބަރު 2015 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މިމަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުންނަމަ [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ.

  1. ވަޒީފާއަށް އެދޭ ފޯމު       
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ސީވީ
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf -

ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު ބަލައިނުގަނަވޭނެ.

23 ނޮވެންބަރު 2015
ހޯދާ