ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ (ވަގުތީ) – ކްލެއިމްސް އެންޑް ޕްރޮސެސިންގ ޑިޕާޓްމަންޓް
މަޤާމުގެ ޝަރުޠު:
- ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ފާސްވެފައިވުން
- އަދާކޮށްފައިވާ ވަޒީފާތަކާއި އަދި މަސައްކަތުގެ ތަޖުރިބާއަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
- މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން
- އިނގިރޭސި އަދި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން
- ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
ވަޒީފާގެ ޒިންމާތައް:
- އާސަންދައިގެ ޚިދުމަތް ހޯދުމަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ސިސްޓަމަށް އެޅުން
- ސިސްޓަމަށް އަޅާފައިވާ މަޢުލޫމާތު އަދި ހުށަހަޅުއްވާފައިވާ އިންވޮއިސްތަކުގެ މަޢުލޫމާތު ޞައްޙަތޯ ބަލައި، މަޢުލޫމާތު ހުރީ ފުރިހަމައަށްތޯ ބަލައި ފާސްކުރުން
މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 29 ނޮވެންބަރު 2015 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން |
މިމަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުންނަމަ [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސީވީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf -
ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު ބަލައިނުގަނަވޭނެ.