ދިވެހިރާއްޖެ
"ބޯހިޔާވަހިކަން އެންމެންނަށް" ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ފުލެޓު ދޫކުރުމަށް 16 ނޮވެންބަރު 2025 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި އުސޫލު ނަންބަރު 30-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) އަށް ގެނެވުނު އިޞްލާޙުތަކާއެކު އަލުން އެކުލަވާލުމަށްފަހު، އުސޫލު ނަންބަރު 36-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ 28 ޑިސެންބަރު 2025 ޝާއިޢުކޮށްފައެވެ.
އެހެންކަމުން، ބުނެވިދިޔަ އުސޫލުގެ ދަށުން ފުލެޓަށް އެދި 15 ޖަނަވަރީ 2026 އިން ފެށިގެން 14 އޭޕްރީލް 2026 ގެ ނިޔަލަށް ހުޅުވާލުމަށް ނިންމައި އެކަން އަންގައި އިޢުލާނުކުރަމެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ https://hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 7900 (ހަތް ހާސް ނުވަސަތޭކަ) ފުލެޓެވެ. މި ފުލެޓުތައް ދޫކުރާނީ އަންނަވި ކެޓަގަރީތަކަށް ބަހާލައިގެންނެވެ.
1- އުސޫލު ނަންބަރު 36-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ 8 ވަނަ މާއްދާގެ ދަށުން މާލޭ ރަށްވެހިންނަށް ފުލެޓު ދޫކުރުމަށާއި 9 ވަނަ މާއްދާގެ ދަށުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
|
# |
ފުލެޓު ލިބޭ ފަރާތްތައް |
އަދަދު |
|
|
މާލޭގެ ރަށްވެހިން |
4000 |
||
|
|
1.1 |
މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛ |
2200 |
|
|
1.2 |
ވިލިނގިލީ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛ |
300 |
|
|
1.3 |
މާލޭ ރަށްވެހިންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛ |
1000 |
|
|
1.4 |
ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛ |
500 |
|
2. |
މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް |
1500 |
|
2- އުސޫލު ނަންބަރު 36-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ 15 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކުގެ ލިސްޓާއި، އެ ލިސްޓުގައި ހިމެނޭ ކޮންމެ ކެޓަގަރީއަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ ފުލެޓުގެ އަދަދާއި، ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް އެދި ހުށަހަޅާ ފަރާތްތަކުން އުސޫލުގައިވާ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ އިތުރު ޝަރުތުތައް ތިރީގައި އެވަނީއެވެ.
|
# |
ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތައް |
ޢަދަދު |
|
|
1. |
18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން؛ ޝަރުތުތައް:
|
100 |
|
|
2. |
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް؛ ޝަރުތުތައް:
|
100 |
|
|
3. |
ޒުވާނުން؛ ޝަރުތުތައް: އަސާސީ ޝަރުތުތަކުގެ އިތުރުން:
|
250 |
|
|
4. |
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛ ޝަރުތުތައް: އަސާސީ ޝަރުތުތަކުގެ އިތުރުން:
|
50 |
|
|
5. |
މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން؛ ޝަރުތުތައް: އަސާސީ ޝަރުތުތަކުގެ އިތުރުން:
|
200 |
|
|
6. |
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑީޝިއަރީގެ މުވައްޒަފުން؛ ޝަރުތުތައް: އަސާސީ ޝަރުތުތަކުގެ އިތުރުން:
|
100 |
|
|
7. |
މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް؛ ޝަރުތުތައް: އަސާސީ ޝަރުތުތަކުގެ އިތުރުން:
|
100 |
|
|
8. |
މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމުވެފައިވާ ފަރާތްތައް؛ ޝަރުތުތައް: އަސާސީ ޝަރުތުތަކުގެ އިތުރުން:
|
50 |
|
|
9. |
ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ޙަވާލުކޮށްފައިނުވާ ފަރާތްތައް؛ ޝަރުތުތައް:
|
500 |
|
|
10. |
ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަޤީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅާ ފަރާތްތައް. ޝަރުތުތައް: އަސާސީ ޝަރުތުތަކުގެ އިތުރުން:
|
50 |
|
|
11. |
ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން؛ ޝަރުތުތައް: އަސާސީ ޝަރުތުތަކުގެ އިތުރުން:
|
100 |
|
|
12. |
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުން؛ ޝަރުތުތައް: އަސާސީ ޝަރުތުތަކުގެ އިތުރުން:
|
100 |
|
|
13. |
ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުން؛ ޝަރުތުތައް: އަސާސީ ޝަރުތުތަކުގެ އިތުރުން:
|
200 |
|
|
14. |
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން؛ ޝަރުތުތައް: އަސާސީ ޝަރުތުތަކުގެ އިތުރުން:
|
100 |
|
|
15. |
ތިރީގައިވާ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުން؛ ޝަރުތުތައް: އަސާސީ ޝަރުތުތަކުގެ އިތުރުން:
|
400 |
|
|
|
15.1 |
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް |
|
|
|
15.2 |
ރައްޔިތުންގެ މަޖިލީހުގެ އިދާރާ |
|
|
|
15.3 |
އެޓަރނީ ޖެނެރަލްގެ އޮފީސް |
|
|
|
15.4 |
ފޮރިން ސަރވިސް |
|
|
|
15.5 |
ޖުޑީޝަލް ސަރވިސް ކޮމިޝަން |
|
|
|
15.6 |
އިލެކްޝަންސް ކޮމިޝަން |
|
|
|
15.7 |
ސިވިލް ސާރވިސް ކޮމިޝަން |
|
|
|
15.8 |
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް |
|
|
|
15.9 |
އެންޓި ކޮރަޕްޝަން ކޮމިޝަން |
|
|
|
15.10 |
އޮޑިޓަރ ޖެނަރަލްގެ އޮފީސް |
|
|
|
15.11 |
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް |
|
|
|
15.12 |
މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ |
|
|
|
15.13 |
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ |
|
|
|
15.14 |
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް |
|
|
|
15.15 |
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން |
|
|
|
15.16 |
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން |
|
|
|
15.17 |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ |
|
|
|
15.18 |
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ |
|
|
|
15.19 |
ޗިލްޑްރަންސް އޮމްބަޑްސް ޕާރސަންގެ އޮފީސް |
|
|
|
15.20 |
ވަޒީފާއާބެހޭ ޓްރައިބިއުނަލް |
|
|
|
15.21 |
ލޯކަލް ގަވަރމަންޓް އޮތޯރިޓީ |
|
|
|
15.22 |
ޓެކްސް އެޕީލް ޓްރައިބިއުނަލް |
|
މި އިޢުލާނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށްޓަކައި ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުމަށް މި މިނިސްޓްރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ނަންބަރު 491/491/2025/154 (IUL) (17 ނޮވެންބަރު 2025) އިޢުލާނު ބާޠިލުވީއެވެ.
