ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2025/184
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 20:32
ސުންގަޑި: 14 އޭޕްރިލް 2026 00:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުސޫލު ނަންބަރު 36-ޖީ/2025 ގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުން

"ބޯހިޔާވަހިކަން އެންމެންނަށް" ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ފުލެޓު ދޫކުރުމަށް 16 ނޮވެންބަރު 2025 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި އުސޫލު ނަންބަރު 30-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) އަށް ގެނެވުނު އިޞްލާޙުތަކާއެކު އަލުން އެކުލަވާލުމަށްފަހު، އުސޫލު ނަންބަރު 36-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ 28 ޑިސެންބަރު 2025 ޝާއިޢުކޮށްފައެވެ.

އެހެންކަމުން، ބުނެވިދިޔަ އުސޫލުގެ ދަށުން ފުލެޓަށް އެދި 15 ޖަނަވަރީ 2026 އިން ފެށިގެން 14 އޭޕްރީލް 2026 ގެ ނިޔަލަށް ހުޅުވާލުމަށް ނިންމައި އެކަން އަންގައި އިޢުލާނުކުރަމެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ  https://hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ. 

މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 7900 (ހަތް ހާސް ނުވަސަތޭކަ) ފުލެޓެވެ. މި ފުލެޓުތައް ދޫކުރާނީ އަންނަވި ކެޓަގަރީތަކަށް ބަހާލައިގެންނެވެ. 

1- އުސޫލު ނަންބަރު 36-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ 8 ވަނަ މާއްދާގެ ދަށުން މާލޭ ރަށްވެހިންނަށް ފުލެޓު ދޫކުރުމަށާއި 9 ވަނަ މާއްދާގެ ދަށުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

#

 ފުލެޓު ލިބޭ ފަރާތްތައް

އަދަދު

  1.  

މާލޭގެ ރަށްވެހިން

4000

 

1.1

 މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛

2200

 

1.2

ވިލިނގިލީ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛

300

 

1.3

މާލޭ ރަށްވެހިންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛

1000

 

1.4

ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛

500

2.

މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް

1500

2- އުސޫލު ނަންބަރު 36-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ 15 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކުގެ ލިސްޓާއި، އެ ލިސްޓުގައި ހިމެނޭ ކޮންމެ ކެޓަގަރީއަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ ފުލެޓުގެ އަދަދާއި، ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް އެދި ހުށަހަޅާ ފަރާތްތަކުން އުސޫލުގައިވާ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ އިތުރު ޝަރުތުތައް ތިރީގައި އެވަނީއެވެ.

#

ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތައް

ޢަދަދު

1. 

18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން؛

ޝަރުތުތައް:

  1. އަސާސީ ޝަރުތުތަކުގެ އިތުރުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާތާ 1 (އެކެއް) އަހަރުވެފައިވުން.

100

2.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް؛

ޝަރުތުތައް:

  1. އަސާސީ ޝަރުތުތަކުގެ އިތުރުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ނެޝަނަލް ޑިސްއެބިލިޓީ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވުން.

100

3.

ޒުވާނުން؛

ޝަރުތުތައް:

އަސާސީ ޝަރުތުތަކުގެ އިތުރުން:

  1. އުމުރުން 35 އަހަރުވެފައިނުވާ ފަރާތަކަށްވުން ނުވަތަ ކައިވެނިކޮށްގެން އުޅޭނަމަ ދެމަފިރިންކުރެ އެކަކުގެ އުމުރުން 35 އަހަރުވެފައިނުވުން.

250

4.

މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛

ޝަރުތުތައް:

އަސާސީ ޝަރުތުތަކުގެ އިތުރުން:

  1. މާލޭ ސިޓީގައި އާއިލާ ބިނާކޮށްފައިވާ ފަރާތަކަށްވުން.
  2. ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓަރީވެފައިވުން.
  3. އެޕްލިކަންޓް އާމްދަނީ ހޯދުމަށްޓަކައި ކުރާ މައިގަނޑު މަސައްކަތަކީ ޓެކްސީކުރުން ކަމުގައިވުން.
  4. އެއްވެސް ތަނެއްގައި ފުލް-ޓައިމް ވަޒީފާއެއް އަދާކުރާ ފަރާތަކަށްނުވުން.
  5. ޓެކްސީކުރުމުގައި މަދުވެގެން މެދުނުކެނޑި ވޭތުވެދިޔަ 5 އަހަރު ހޭދަކޮށްފައިވުން.
  6. ބޯހިޔާވަހިކަން ހަވާލުކުރާ ތާރީޚުން ފެށިގެން 5 އަހަރު ގްރޭޓަރ މާލޭ ސަރަހައްދުގައި ފުލް-ޓައިމްކޮށް ޓެކްސީކުރުމުގެ ޚިދުމަތުގައި ދެމިހުރުމަށް އެއްބަސްވުން.

50

5.

މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން؛

ޝަރުތުތައް:

އަސާސީ ޝަރުތުތަކުގެ އިތުރުން:

  1. މާލޭ ސިޓީގައި އާއިލާ ބިނާކޮށްފައިވާ ފަރާތަކަށްވުން.
  2. ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށެއްގައި މަދުވެގެން މެދުނުކެނޑި ވޭތުވެދިޔަ 5 އަހަރު ފުލް-ޓައިމް ވަޒީފާ އަދާކޮށްފައިވާ ފަރާތަކަށްވުން.
  3. ބޯހިޔާވަހިކަން ހަވާލުކުރާ ތާރީޚުން ފެށިގެން 5 އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގައި އަދާކުރަމުންދާ ޚިދުމަތުގައި ނުވަތަ އެފަދަ އެހެން ވަޒީފާއެއްގައި ދެމިހުރުމަށް އެއްބަސްވުން.

200

6.

މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑީޝިއަރީގެ މުވައްޒަފުން؛

ޝަރުތުތައް:

އަސާސީ ޝަރުތުތަކުގެ އިތުރުން:

  1. މާލޭ ސިޓީގައި އާއިލާ ބިނާކޮށްފައިވާ ފަރާތަކަށްވުން.
  2. ޖުޑީޝިއަރީގެ ދާއިރާގައި މަދުވެގެން މެދުނުކެނޑި ވޭތުވެދިޔަ 5 އަހަރު ފުލް-ޓައިމް ވަޒީފާ އަދާކޮށްފައިވުން.
  3. ބޯހިޔާވަހިކަން ހަވާލުކުރާ ތާރީޚުން ފެށިގެން 5 އަހަރު ގްރޭޓަރ މާލެ ސަރަހައްދުގައި ޖުޑީޝިއަރީގައި ފުލް-ޓައިމް ވަޒީފާ އަދާކުރުމަށް އެއްބަސްވުން.

100

7.

މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް؛

ޝަރުތުތައް:

އަސާސީ ޝަރުތުތަކުގެ އިތުރުން:

  1. މާލޭ ސިޓީގައި އާއިލާ ބިނާކޮށްފައިވާ ފަރާތަކަށްވުން.
  2. މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓަރީވެފައިވުން.
  3. އާމްދަނީ ހޯދުމަށްޓަކައި ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައިވުން.
  4. މަސްވެރިކަންކުރުމުގައި މަދުވެގެން މެދުނުކެނޑި ވޭތުވެދިޔަ 5 އަހަރު ހޭދަކޮށްފައިވުން.
  5. ބޯހިޔާވަހިކަން ހަވާލުކުރާ ތާރީޚުން ފެށިގެން 5 އަހަރު މަސްވެރިކަމުގެ ސިނާއަތުގައި ގްރޭޓަރ މާލޭ ސަރަޙައްދުގައި މަސައްކަތްކުރަން އެއްބަސްވުން.

100

8.

މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމުވެފައިވާ ފަރާތްތައް؛

ޝަރުތުތައް:

އަސާސީ ޝަރުތުތަކުގެ އިތުރުން:

  1. މައިމުޅަވެފައިވާ ފަރާތެއް ކަމުގައިވުން.

50

9.

ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ޙަވާލުކޮށްފައިނުވާ ފަރާތްތައް؛

ޝަރުތުތައް:

  1. ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބިފައިވުން؛ އަދި
  2. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ފުލެޓެއް ނުވަތަ ގޯއްޗެއް ލިބިފައިނެތުން.

500

10.

ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަޤީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅާ ފަރާތްތައް.

ޝަރުތުތައް:

އަސާސީ ޝަރުތުތަކުގެ އިތުރުން:

  1. މާލޭ ސިޓީގައި އާއިލާ ބިނާކޮށްފައިވާ ފަރާތަކަށްވުން.
  2. މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅާ ފަރާތެއް ކަމުގައިވުން.

50

11.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން؛

ޝަރުތުތައް:

އަސާސީ ޝަރުތުތަކުގެ އިތުރުން:

  1. މާލޭ ސިޓީގައި އާއިލާ ބިނާކޮށްފައިވާ ފަރާތަކަށްވުން.
  2. މަދުވެގެން މެދުނުކެނޑި ވޭތުވެދިޔަ 5 އަހަރު ޚިދުމަތްކޮށްފައިވުން.
  3. ބޯހިޔާވަހިކަން ހަވާލުކުރާ ތާރީޚުން ފެށިގެން 5 އަހަރު ފުލް-ޓައިމް ވަޒީފާ އަދާކުރުމަށް އެއްބަސްވުން.

100

12.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުން؛

ޝަރުތުތައް:

އަސާސީ ޝަރުތުތަކުގެ އިތުރުން:

  1. މާލޭ ސިޓީގައި އާއިލާ ބިނާކޮށްފައިވާ ފަރާތަކަށްވުން.
  2. މަދުވެގެން މެދުނުކެނޑި ވޭތުވެދިޔަ 5 އަހަރު ޚިދުމަތްކޮށްފައިވުން.
  3. ބޯހިޔާވަހިކަން ހަވާލުކުރާ ތާރީޚުން ފެށިގެން 5 އަހަރު ފުލް-ޓައިމް ވަޒީފާ އަދާކުރުމަށް އެއްބަސްވުން.

100

13.

ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުން؛

ޝަރުތުތައް:

އަސާސީ ޝަރުތުތަކުގެ އިތުރުން:

  1. މާލޭ ސިޓީގައި އާއިލާ ބިނާކޮށްފައިވާ ފަރާތަކަށްވުން.
  2. މަދުވެގެން މެދުނުކެނޑި ވޭތުވެދިޔަ 5 އަހަރު ޚިދުމަތްކޮށްފައިވުން.
  3. ބޯހިޔާވަހިކަން ހަވާލުކުރާ ތާރީޚުން ފެށިގެން 5 އަހަރު ގްރޭޓަރ މާލޭ ސަރަހައްދުގައި ފުލް-ޓައިމް ވަޒީފާ އަދާކުރުމަށް އެއްބަސްވުން.

200

14.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން؛

ޝަރުތުތައް:

އަސާސީ ޝަރުތުތަކުގެ އިތުރުން:

  1. މާލޭ ސިޓީގައި އާއިލާ ބިނާކޮށްފައިވާ ފަރާތަކަށްވުން.
  2. މަދުވެގެން މެދުނުކެނޑި ވޭތުވެދިޔަ 5 އަހަރު ޚިދުމަތްކޮށްފައިވުން.
  3. ބޯހިޔާވަހިކަން ހަވާލުކުރާ ތާރީޚުން ފެށިގެން 5 އަހަރު ގްރޭޓަރ މާލޭ ސަރަހައްދުގައި ފުލް-ޓައިމް ވަޒީފާ އަދާކުރުމަށް އެއްބަސްވުން.

100

15.

ތިރީގައިވާ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުން؛

ޝަރުތުތައް:

އަސާސީ ޝަރުތުތަކުގެ އިތުރުން:

  1. މާލޭ ސިޓީގައި އާއިލާ ބިނާކޮށްފައިވާ ފަރާތަކަށްވުން.
  2. މަދުވެގެން މެދުނުކެނޑި ވޭތުވެދިޔަ 5 އަހަރު އެ އިދާރާގައި ޚިދުމަތްކޮށްފައިވުން.
  3. ބޯހިޔާވަހިކަން ހަވާލުކުރާ ތާރީޚުން ފެށިގެން 5 އަހަރު އެ އިދާރާގައި ފުލް-ޓައިމް ވަޒީފާ އަދާކުރުމަށް އެއްބަސްވުން.

400

 

15.1

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

 

 

15.2

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

 

15.3

އެޓަރނީ ޖެނެރަލްގެ އޮފީސް

 

15.4

ފޮރިން ސަރވިސް

 

15.5

ޖުޑީޝަލް ސަރވިސް ކޮމިޝަން

 

15.6

އިލެކްޝަންސް ކޮމިޝަން

 

15.7

ސިވިލް ސާރވިސް ކޮމިޝަން

 

15.8

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

 

15.9

އެންޓި ކޮރަޕްޝަން ކޮމިޝަން

 

15.10

އޮޑިޓަރ ޖެނަރަލްގެ އޮފީސް

 

15.11

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

 

15.12

މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ

 

15.13

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

 

15.14

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

 

15.15

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން

 

15.16

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

 

15.17

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

 

15.18

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

 

15.19

ޗިލްޑްރަންސް އޮމްބަޑްސް ޕާރސަންގެ އޮފީސް

 

15.20

ވަޒީފާއާބެހޭ ޓްރައިބިއުނަލް

 

15.21

ލޯކަލް ގަވަރމަންޓް އޮތޯރިޓީ

 

15.22

ޓެކްސް އެޕީލް ޓްރައިބިއުނަލް

މި އިޢުލާނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށްޓަކައި ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުމަށް މި މިނިސްޓްރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ނަންބަރު 491/491/2025/154 (IUL) (17 ނޮވެންބަރު 2025) އިޢުލާނު ބާޠިލުވީއެވެ.

29 ޑިސެންބަރު 2025