މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާން މަހު ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް 2 އިމާމުން ގެނެސްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

1447 ވަނަ އަހަރުގެ ރަމަޟާން މަހު ނ.ކެނދިކުޅުދޫގެ ދެއަވަށުގައި ހިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖޭން ބޭރުން 2 ޙާފިޡުން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ. ކޯޓޭޝަން ފޮނުއްވާނީ، ކައުންސިލް މެއިލް [email protected] އަށެވެ.

ޙާފިޡު ގެންނަ ފަރާތުން އެ ފަރާތުގެ ޚަރަދުގައި ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.

1- ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.

2- ހާފިޡު ރާއްޖެއަށް ގެނައުމާއި އަނބުރާ ގައުމަށް ފޮނުވުން.

3- ހާފިޡު މާލެއިން ރަށަށް ގެނައުމާއި ރަމަޟާންމަސް ނިމުމުން މާލެއަށް ގެންދިއުން.

4-  ޙާފިޡު މާލޭގައި ހުންނަ ދުވަސްތަކުގެ ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖެއްސުން.

5- ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.

6- ޙާފިޡު އިންޝުއަރ ކުރަންޖެހޭނަމަ އިންޝުއަރކުރުން.

7- ޙާފިޡަށް ދޭންޖެހޭ އެލަވަންސް ދިނުން.

                  މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ މިއިދާރާގެ ނަންބަރު 6560013 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

9       ރަޖަބް       1447

19      ޑިސެންބަރު     2025  

29 ޑިސެންބަރު 2025
ހޯދާ