ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހު ނ.ކެނދިކުޅުދޫގެ ދެއަވަށުގައި ހިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖޭން ބޭރުން 2 ޙާފިޡުން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ. ކޯޓޭޝަން ފޮނުއްވާނީ، ކައުންސިލް މެއިލް [email protected] އަށެވެ.
ޙާފިޡު ގެންނަ ފަރާތުން އެ ފަރާތުގެ ޚަރަދުގައި ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.
1- ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
2- ހާފިޡު ރާއްޖެއަށް ގެނައުމާއި އަނބުރާ ގައުމަށް ފޮނުވުން.
3- ހާފިޡު މާލެއިން ރަށަށް ގެނައުމާއި ރަމަޟާންމަސް ނިމުމުން މާލެއަށް ގެންދިއުން.
4- ޙާފިޡު މާލޭގައި ހުންނަ ދުވަސްތަކުގެ ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖެއްސުން.
5- ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
6- ޙާފިޡު އިންޝުއަރ ކުރަންޖެހޭނަމަ އިންޝުއަރކުރުން.
7- ޙާފިޡަށް ދޭންޖެހޭ އެލަވަންސް ދިނުން.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ މިއިދާރާގެ ނަންބަރު 6560013 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
9 ރަޖަބް 1447
19 ޑިސެންބަރު 2025