ދިވެހިރާއްޖެ
މަގާމް: ޓެކްނިކަލް ޑައިރެކްޓަރ
ބޭނުންވާ ޢަދަދު: 1
އެލަވަންސް: 10،000.00 – 12،000.00ރ ދެމެދު
ތަޖުރިބާ: އިންޓަރނޭޝަނަލް މުބާރާތްތަކަށް ގައުމީ ޓީމް އެކުލަވާލުމުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން
މައިގަނޑު މަސައްކަތް: ހިންގާ ކޮމިޓީގެ ލަފާގެ މަތިން
1- އެތުލެޓިކްސް އިވެންޓްތަކުގެ ތެރެއިން ސައުތު އޭޝީއާ، އޭޝިއާ، އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ރާއްޖެއަށް ވާދަކޮށް އެކަށީގެންވާ ކާމިޔާބެއް ލިބޭނެ އިވެންޓްތައް ކަނޑައެޅުން
2- ވާދަކުރުމަށް ފުރުޞަތު ލިބޭ އިންޓަރނޭޝަނަލް މުބާރާތްތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ ޓީމް ވާދަކުރާނެ މުބާރާތްތައް ކަނޑައެޅުން
3- 20 އަހަރު ދުވަހުގެ ތެރޭގައި އޭޝިއާ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުތެ ތެރެއިން މެޑަލް ހޯދުމުގެ ފުރުޞަތު ފަހިވާނެ ގޮތަށް ލޯންގް ޓާމް ޕްލޭން ތައްޔާރުކުރުން
4- ލޯންގް ޓާމް ޕްލޭނާ އެއްގޮތަށް ޝޯޓް ޓާމް ޕްލޭން ތައްޔާރުކުން
5- ލޯންގް ޓާމް ޕްލޭން ޙާސިލް ކުރުމަށް ބޭނުންވާ ޓެކްނިކަލް ސްޓާފުން ބިނާކުރުމުގެ ޕްލޭން ތައްރާރުކުން
6- އެސޯސިއޭޝަންގެ ޓްރެއިނިން ޕޫލްތަކުގެ އެނުއަލް ޕްލޭންތަކަކީ އެސޯސިއޭޝަންގެ ލޯންގް ޓާމް އަދި ޝޯޓް ޓާމްގެ ލަނޑުދަނޑިތައް ހާޞީލްކުވޭ ޕްލޭންތަކެއް ތޯ ޗެކްކޮށް އެޕްލޭންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން
7- އެސޯސިއޭޝަންގެ މެމްބަރ އެކަޑަމީތަކުގެ އެނުއަލް ޕްލޭންތަކަކީ އެސޯސިއޭޝަންގެ ލޯންގް ޓާމް އަދި ޝޯޓް ޓާމްގެ ލަނޑުދަނޑިތައް ހާޞީލްކުވޭ ޕްލޭންތަކެއް ތޯ ޗެކްކޮށް އެޕްލޭންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އިރުޝާދު ދިނުން
8- އެސޯސިއޭޝަންގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން ތައްޔާރުކުރާ ކަލަންޑަރަށް ލަފާދިނުން
މަގާމް: ކޮމްޕެޓިޝަން ޑައިރެކްޓަރ
ބޭނުންވާ ޢަދަދު: 1
އެލަވަންސް: ދެފަރާތް އެއްބަސްވާ ގޮތަށް
ތަޖުރިބާ: އެތުލެޓިކްސް މުބާރާތް ރާވާ ހިންގުމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މައިގަނޑު މަސައްކަތް: ހިންގާ ކޮމިޓީގެ ލަފާގެ މަތިން
1- ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ ކަލަންޑަރ ތައްޔާރުކުރުން
2- އެކި އެކު މުބާރާތްތަކުގެ ޢުމުރުފުރާ ކަނޑައެޅުން
3- މުބާރާތްތަކުގައި ބާއްވާނެ އިވެންޓްތައް ކަނޑައެޅުން
4- މުބާރާތްތަކުގެ ގަވާޢިދު ތައްޔާރުކުރުން
5- މުބާރާތްތަކުގެ ޝެޑިއުލް ތައްޔާރުކުރުން
6- އެސޯސިއޭޝަނަށް ބޭނުންވާ "ވާލްޑް އެތުލެޓިކްސް ނެޝަނަލް ރެފްރީން" ތައްޔާރުކުރުން
7- އެތުލެޓިކްސް ކަލަންޑަރގައި ހިމެނުމަށް މެމްބަރ ކްލަބްތަކުންނާއި އެހެނިހެން ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައި ކަލަންޑަރުގައި ހިމަނާނެ މުބާރާތްތައް ކަނޑައެޅުން. އަދި މިމުބާރާތްތަކާގުޅިގެން މުބާރާތް ރާވާ ހިންގާ ފަރާތްތަކަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން
8- މި ނޫންވެސް މުބާރާތްތަކާ ގުޅިގެން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތް ކުރުން
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ސީވީ އާއި ސެޓްފިކެޓް އެސޯސިއޭޝަންގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކޮށްދިނުން އެދެމެވެ.
