ވަޒީފާގެ ފުރުޞަތު
ނަންބަރު: AAM/2025/06
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 30 ޑިސެންބަރު 2025 14:00
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސޯސިއޭޝަނުން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކަށް ފަންނީ މީހުން ހޯދުން

މަގާމް:                ޓެކްނިކަލް ޑައިރެކްޓަރ

ބޭނުންވާ ޢަދަދު:          1

އެލަވަންސް:             10،000.00 – 12،000.00ރ ދެމެދު

ތަޖުރިބާ:               އިންޓަރނޭޝަނަލް މުބާރާތްތަކަށް ގައުމީ ޓީމް އެކުލަވާލުމުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މައިގަނޑު މަސައްކަތް:      ހިންގާ ކޮމިޓީގެ ލަފާގެ މަތިން

1-      އެތުލެޓިކްސް އިވެންޓްތަކުގެ ތެރެއިން ސައުތު އޭޝީއާ، އޭޝިއާ، އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ރާއްޖެއަށް ވާދަކޮށް އެކަށީގެންވާ ކާމިޔާބެއް ލިބޭނެ އިވެންޓްތައް ކަނޑައެޅުން

2-      ވާދަކުރުމަށް ފުރުޞަތު ލިބޭ އިންޓަރނޭޝަނަލް މުބާރާތްތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ ޓީމް ވާދަކުރާނެ މުބާރާތްތައް ކަނޑައެޅުން

3-      20 އަހަރު ދުވަހުގެ ތެރޭގައި އޭޝިއާ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުތެ ތެރެއިން މެޑަލް ހޯދުމުގެ ފުރުޞަތު ފަހިވާނެ ގޮތަށް ލޯންގް ޓާމް ޕްލޭން ތައްޔާރުކުރުން

4-      ލޯންގް ޓާމް ޕްލޭނާ އެއްގޮތަށް ޝޯޓް ޓާމް ޕްލޭން ތައްޔާރުކުން

5-      ލޯންގް ޓާމް ޕްލޭން ޙާސިލް ކުރުމަށް ބޭނުންވާ ޓެކްނިކަލް ސްޓާފުން ބިނާކުރުމުގެ ޕްލޭން ތައްރާރުކުން

6-      އެސޯސިއޭޝަންގެ ޓްރެއިނިން ޕޫލްތަކުގެ އެނުއަލް ޕްލޭންތަކަކީ އެސޯސިއޭޝަންގެ ލޯންގް ޓާމް އަދި ޝޯޓް ޓާމްގެ ލަނޑުދަނޑިތައް ހާޞީލްކުވޭ ޕްލޭންތަކެއް ތޯ ޗެކްކޮށް އެޕްލޭންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން

7-      އެސޯސިއޭޝަންގެ މެމްބަރ އެކަޑަމީތަކުގެ އެނުއަލް ޕްލޭންތަކަކީ އެސޯސިއޭޝަންގެ ލޯންގް ޓާމް އަދި ޝޯޓް ޓާމްގެ ލަނޑުދަނޑިތައް ހާޞީލްކުވޭ ޕްލޭންތަކެއް ތޯ ޗެކްކޮށް އެޕްލޭންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އިރުޝާދު ދިނުން

8-      އެސޯސިއޭޝަންގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން ތައްޔާރުކުރާ ކަލަންޑަރަށް ލަފާދިނުން


މަގާމް:                ކޮމްޕެޓިޝަން ޑައިރެކްޓަރ

ބޭނުންވާ ޢަދަދު:          1

އެލަވަންސް:             ދެފަރާތް އެއްބަސްވާ ގޮތަށް

ތަޖުރިބާ:               އެތުލެޓިކްސް މުބާރާތް ރާވާ ހިންގުމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސައްކަތް:      ހިންގާ ކޮމިޓީގެ ލަފާގެ މަތިން

1-      ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ ކަލަންޑަރ ތައްޔާރުކުރުން

2-      އެކި އެކު މުބާރާތްތަކުގެ ޢުމުރުފުރާ ކަނޑައެޅުން

3-      މުބާރާތްތަކުގައި ބާއްވާނެ އިވެންޓްތައް ކަނޑައެޅުން

4-      މުބާރާތްތަކުގެ ގަވާޢިދު ތައްޔާރުކުރުން

5-      މުބާރާތްތަކުގެ ޝެޑިއުލް ތައްޔާރުކުރުން

6-      އެސޯސިއޭޝަނަށް ބޭނުންވާ "ވާލްޑް އެތުލެޓިކްސް ނެޝަނަލް ރެފްރީން" ތައްޔާރުކުރުން

7-      އެތުލެޓިކްސް ކަލަންޑަރގައި ހިމެނުމަށް މެމްބަރ ކްލަބްތަކުންނާއި އެހެނިހެން ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައި ކަލަންޑަރުގައި ހިމަނާނެ މުބާރާތްތައް ކަނޑައެޅުން. އަދި މިމުބާރާތްތަކާގުޅިގެން މުބާރާތް ރާވާ ހިންގާ ފަރާތްތަކަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން

8-      މި ނޫންވެސް މުބާރާތްތަކާ ގުޅިގެން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތް ކުރުން


މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ސީވީ އާއި ސެޓްފިކެޓް އެސޯސިއޭޝަންގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކޮށްދިނުން އެދެމެވެ.

 

24 ޑިސެންބަރު 2025