ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެޗް.ޑީ.އެފް.ސީގެ އޮފީސްތެރެ ފޮޅާ ސާފުކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު
ނަންބަރ: (IUL)HDFC/1/2025/34
އެޗް.ޑީ.އެފް.ސީގެ އޮފީސްކުނިކަހައިފޮޅާ ސާފުކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. އޮފީސް ފޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެއެވެ
ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތު
- އެޗް.ޑީ.އެފް.ސީ އޮފީސް ހުޅުވިފައި ހުންނަ ރަސްމީ ދުވަސްތަކުގައި އޮފީސްތެރެ ފޮޅާ ސާފުކޮށް، ފެންފޮތިލާ ހެދުން (މީގެ ތެރޭގައި ފާރުތަކާއި، ސީލިންގ އާއި ބިއްލޫރިތައް ފޮހުމާއި، މޭޒުތަކާއި ގޮޑި އަދި ފާހާނާ ސާފުކުރުމާއި ވެކިއުމް ކުރުން)
- މިމަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 12 މަސްދުވަހަށެވެ.
- މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު މި އިއުލާނާއިއެކު އެޓޭޗްކުރެވި، އަދި ކުންފުނީގެ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ.
މައުލޫމާތު ޝީޓް ލިންކް: ANNOUNCEMENT - PROCUREMENT OF CLEANING SERVICES - Housing Development Finance Corporation
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު އަގާއި އެކު ހުށަހަޅަންޖެހޭ ތަކެތި
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރާ ކ ކުންފުނި/ ޕާޓްނާޝިޕް/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީ ކޮޕީ
- ޖީ.އެސް.ޓީއަށް ރެޖިސްޓަރ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ
- މިހާތަނަށް މިފަދަ ޚިދުމަތް ފޯރުކޮށްދީފައި އަދި ދެމުން ގެންދާ ތަންތަނުގެ ލިސްޓެއް
- ޚިދުމަތް ފޯރުކޮށްދެމުން އަންނަ ނުވަތަ ކޮއްދެވިފައިވާ ތަންތަނުން ދޫކޮށްފައިވާ ރިފަރަންސް ސިޓީތައް
- ތަނުގެ މުވައްޒިފުންގެ އަދަދު (ދިވެހިން އަދި ބޭރުމީހުން އެގޭގޮތަށް)
- މިމަސައްކަތް ކުރުމަށް ގެންގުޅޭ އާލާތްތަކުގެ ލިސްޓެއް
- މިމަސައްކަތް ރާވައިގެން ގެންދަން ގަސްތު ކުރާ ގޮތުގެ ތާވަލްއަކާއި ކުރު ޚުލާސާއެއް
- މިފަދަ މަސައްކަތުގެ ތަޖުރިބާ ތަނުގައި ތިބި މުވައްޒިފުންނަށް ލިބިފައިވާ މިންވަރު އަންގައިދެވޭނެ ލިޔުމެއް
އެވޯޑްކުރުމުގައި ބަލާނެ ކަންތައްތައް
- މިފަދަ މަސައްކަތް ކުރުމަށް ކުންފުންޏަށް ނުވަތަ އެފަރާތަކަށް ލިބިފައިވާ ތަޖުރިބާ – 20 މާރކްސް
- ހުށަހަޅާ އަގު -80 މާރކްސް
އަންދާސީ ހިސާބު ހުށަހެޅުން:
- އަންދާސީ ހިސާބު ހުށަހަޅުއްވަން ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ، ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި "އެޗް.ޑީ.އެފް.ސީ ގެ އޮފީސް އިމާރާތް ފޮޅާ ސާފުކުރުން" މިހެން ލިޔެފައި، އަދި ސިޓީ އުރައިގެ ބޭރު އެޑްރެސް "ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ، ހ. މިއަލަނި، 3 ވަނަ ފަނގިފިލާ، ސޯސަންމަގު، ކ. މާލެ" މިގޮތައް ލިޔެފައި ކޯޓޭޝަން އާއި ލިޔުންތައް ހުށަހެޅުމަށް ދައުވަތު އަރުވަމެވެ.
- އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ:
- ޕާސްވޯޑް ލޮކުކުރެވިފައިވާ ޕީ.ޑީ.އެފް (PDF) ނުވަތަ ޒިޕް (ZIP) ފައިލް ފޯމެޓްގައި ހުށަހެޅުން އެދެމެވެ.
- ހުށަހަޅާ ފައިލް ސައިޒް 20 އެމް.ބީ (20 MB) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ.
- އަގުހުށަހަޅުއްވާނީ ފޮޅާ ސާފުކުރާ ދުވަހަކަށް ޖެހޭ މަގުންނެވެ. މިމުއްދަތުގެ ތެރޭގައި ބަންދު ދުވަސް އަތުވެއްޖެ ނަމަ އެދުވަސްތައް ނުހިމެނޭނެއެވެ.
- ހުށަހެޅުމުގެ ސުންގަޑި: 28 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް ހުށަހެޅުމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުޅުވުން:
- ތަން : ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ، ހ. މިއަލަނި، 3 ވަނަ ފަނގިފިލާ، ސޯސަންމަގު، ކ. މާލެ
- ތާރީޚް : 28 ޑިސެމްބަރ 2025
- ދުވަސް : އާދީއްތަ
- ގަޑި : 14:00
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި، ނަންބަރު 3334666 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
23 ޑިސެންބަރު 2025
ހޯދާ
