މަސައްކަތް
ނަންބަރު: (IUL)HDFC/1/2025/34
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 28 ޑިސެންބަރު 2025 14:00
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
އެޗް.ޑީ.އެފް.ސީގެ އޮފީސްތެރެ ފޮޅާ ސާފުކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

ނަންބަރ: (IUL)HDFC/1/2025/34

އެޗް.ޑީ.އެފް.ސީގެ އޮފީސްކުނިކަހައިފޮޅާ ސާފުކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. އޮފީސް ފޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެއެވެ

 

ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތު

  • އެޗް.ޑީ.އެފް.ސީ އޮފީސް ހުޅުވިފައި ހުންނަ ރަސްމީ ދުވަސްތަކުގައި އޮފީސްތެރެ ފޮޅާ ސާފުކޮށް، ފެންފޮތިލާ ހެދުން (މީގެ ތެރޭގައި ފާރުތަކާއި، ސީލިންގ އާއި ބިއްލޫރިތައް ފޮހުމާއި، މޭޒުތަކާއި ގޮޑި އަދި ފާހާނާ ސާފުކުރުމާއި ވެކިއުމް ކުރުން)
  • މިމަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 12 މަސްދުވަހަށެވެ.
  • މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު މި އިއުލާނާއިއެކު އެޓޭޗްކުރެވި، އަދި ކުންފުނީގެ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ.

މައުލޫމާތު ޝީޓް ލިންކް: ANNOUNCEMENT - PROCUREMENT OF CLEANING SERVICES - Housing Development Finance Corporation

 

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު އަގާއި އެކު ހުށަހަޅަންޖެހޭ ތަކެތި

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރާ ކ ކުންފުނި/ ޕާޓްނާޝިޕް/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީ ކޮޕީ
  • ޖީ.އެސް.ޓީއަށް ރެޖިސްޓަރ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ
  • މިހާތަނަށް މިފަދަ ޚިދުމަތް ފޯރުކޮށްދީފައި އަދި ދެމުން ގެންދާ ތަންތަނުގެ ލިސްޓެއް
  • ޚިދުމަތް ފޯރުކޮށްދެމުން އަންނަ ނުވަތަ ކޮއްދެވިފައިވާ ތަންތަނުން ދޫކޮށްފައިވާ ރިފަރަންސް ސިޓީތައް
  • ތަނުގެ މުވައްޒިފުންގެ އަދަދު (ދިވެހިން އަދި ބޭރުމީހުން އެގޭގޮތަށް)
  • މިމަސައްކަތް ކުރުމަށް ގެންގުޅޭ އާލާތްތަކުގެ ލިސްޓެއް
  • މިމަސައްކަތް ރާވައިގެން ގެންދަން ގަސްތު ކުރާ ގޮތުގެ  ތާވަލްއަކާއި ކުރު ޚުލާސާއެއް
  • މިފަދަ މަސައްކަތުގެ ތަޖުރިބާ ތަނުގައި ތިބި މުވައްޒިފުންނަށް ލިބިފައިވާ މިންވަރު އަންގައިދެވޭނެ ލިޔުމެއް

 

އެވޯޑްކުރުމުގައި ބަލާނެ ކަންތައްތައް

  • މިފަދަ މަސައްކަތް ކުރުމަށް ކުންފުންޏަށް ނުވަތަ އެފަރާތަކަށް ލިބިފައިވާ ތަޖުރިބާ – 20 މާރކްސް
  • ހުށަހަޅާ އަގު -80  މާރކްސް

 

އަންދާސީ ހިސާބު ހުށަހެޅުން:

  • އަންދާސީ ހިސާބު ހުށަހަޅުއްވަން ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ، ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި "އެޗް.ޑީ.އެފް.ސީ ގެ އޮފީސް އިމާރާތް ފޮޅާ ސާފުކުރުން"  މިހެން ލިޔެފައި، އަދި ސިޓީ އުރައިގެ ބޭރު އެޑްރެސް "ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ، ހ. މިއަލަނި، 3 ވަނަ ފަނގިފިލާ، ސޯސަންމަގު، ކ. މާލެ" މިގޮތައް ލިޔެފައި ކޯޓޭޝަން އާއި ލިޔުންތައް ހުށަހެޅުމަށް ދައުވަތު އަރުވަމެވެ.
  • އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ:
  • ޕާސްވޯޑް ލޮކުކުރެވިފައިވާ ޕީ.ޑީ.އެފް (PDF) ނުވަތަ ޒިޕް (ZIP) ފައިލް ފޯމެޓްގައި ހުށަހެޅުން އެދެމެވެ.
  • ހުށަހަޅާ ފައިލް ސައިޒް 20 އެމް.ބީ (20 MB) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ.
  • އަގުހުށަހަޅުއްވާނީ ފޮޅާ ސާފުކުރާ ދުވަހަކަށް ޖެހޭ މަގުންނެވެ. މިމުއްދަތުގެ ތެރޭގައި ބަންދު ދުވަސް އަތުވެއްޖެ ނަމަ އެދުވަސްތައް ނުހިމެނޭނެއެވެ.
  • ހުށަހެޅުމުގެ ސުންގަޑި: 28 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް ހުށަހެޅުމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އަންދާސީ ހިސާބު ހުޅުވުން:

  • ތަން : ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ، ހ. މިއަލަނި، 3 ވަނަ ފަނގިފިލާ، ސޯސަންމަގު، ކ. މާލެ
  • ތާރީޚް : 28 ޑިސެމްބަރ 2025
  • ދުވަސް : އާދީއްތަ
  • ގަޑި  : 14:00

 

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި، ނަންބަރު 3334666 ފޯނަށް ގުޅުއްވުން ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

23 ޑިސެންބަރު 2025