މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންކުރިޓް މަސައްކަތް ކޮންދޭނެ ފަރާތެއް ހޯދުން

                                                                                                                                                 ނަމްބަރ: (IUL)362/362/2025/32

އިޢުލާނު

 

ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

  މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1-       ކައުންސިލް އިދާރާގެ އައު އިމާރާތުގެ ދިދަބުޑު އެޅުން.

2-      ފައްތިޔާ ޖެހުމަށް ބޭނުންވާ ބުލޮކް އެޅުން.

3-      މަގު ބައްތި ތަކުގެ ބުޑުއެޅުން.

ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން:

  • މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރައްވާނީ މިކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރައްވައިގެން ނުވަތަ ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް އެޑްރެސް:([email protected]) އަށް އީމެއިލް ކުރައްވައިގެންނެވެ.

އަގު ހުށަހެޅުން:

  • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ޑިސެންބަރު 31 ވާ ބުދަ ދުވަހު 11:00ގައި މ.ރަތްމަންދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގުހުށަހަޅާ ޝީޓު ފުރިހަމަކޮށް  ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.

ބިޑްހުށަހެޅުމުގެ ޝަރުތު

  • މިނިސްޓްރީ އޮފް އިކޮނަމިކް ޑެވެލޮޕްމަންޓްގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް

މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު:

  • މަސައްކަތައް ހުށަހަޅާ އަގު:   % 70

އެންމެ ކުޑަ އަގު ހުށަހަޅާފަރާތަކަށް އެންމެ މަތީ މާކުސް ދެވޭނެއެވެ.

  • މަސައްކަތައް ކުރުމަށް ހުށަހަޅާ މުއްދަތު: % 20

އެންމެ ކުރު މުއްދަތެއް ހުށަހަޅާފަރާތަކަށް އެންމެ މަތީ މާކުސް ދެވޭނެއެވެ.

  • މަސައްކަތާއި ގުޅޭ ތަޖްރިބާ:   % 10
  • §         ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ތެރެއިން -/25000ރ(ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ކުޑަނޫން މަސައްކަތް ފުރިހަމަ ކޮށްފައިވާކަމުގެލިއުން ހުށަހެޅުމުން ކޮންމެ ލިއުމަކަށް 1 މާކުހުގެ މަގުން ގިނަވެގެން 10 މާކުހާހަމައަށް މާކުސް ދެވޭނެއެވެ.

އިތުރު މައުލޫމާތު:

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް ބޭފުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6720602 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

                 

                               01    ރަޖަބު    1447

                              21  ޑިސެންބަރު  2025

21 ޑިސެންބަރު 2025
ހޯދާ