މަސައްކަތް
ނަންބަރު: (IUL)362/362/2025/32
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި:
31 ޑިސެންބަރު 2025 11:00
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަމްބަރ: (IUL)362/362/2025/32
އިޢުލާނު
ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.
މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
1- ކައުންސިލް އިދާރާގެ އައު އިމާރާތުގެ ދިދަބުޑު އެޅުން.
2- ފައްތިޔާ ޖެހުމަށް ބޭނުންވާ ބުލޮކް އެޅުން.
3- މަގު ބައްތި ތަކުގެ ބުޑުއެޅުން.
|
ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން:
|
- މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރައްވާނީ މިކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރައްވައިގެން ނުވަތަ ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް އެޑްރެސް:([email protected]) އަށް އީމެއިލް ކުރައްވައިގެންނެވެ.
|
|
އަގު ހުށަހެޅުން:
|
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ޑިސެންބަރު 31 ވާ ބުދަ ދުވަހު 11:00ގައި މ.ރަތްމަންދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގުހުށަހަޅާ ޝީޓު ފުރިހަމަކޮށް ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.
|
|
ބިޑްހުށަހެޅުމުގެ ޝަރުތު
|
- މިނިސްޓްރީ އޮފް އިކޮނަމިކް ޑެވެލޮޕްމަންޓްގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް
|
|
މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު:
|
- މަސައްކަތައް ހުށަހަޅާ އަގު: % 70
އެންމެ ކުޑަ އަގު ހުށަހަޅާފަރާތަކަށް އެންމެ މަތީ މާކުސް ދެވޭނެއެވެ.
- މަސައްކަތައް ކުރުމަށް ހުށަހަޅާ މުއްދަތު: % 20
އެންމެ ކުރު މުއްދަތެއް ހުށަހަޅާފަރާތަކަށް އެންމެ މަތީ މާކުސް ދެވޭނެއެވެ.
- މަސައްކަތާއި ގުޅޭ ތަޖްރިބާ: % 10
- § ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ތެރެއިން -/25000ރ(ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ކުޑަނޫން މަސައްކަތް ފުރިހަމަ ކޮށްފައިވާކަމުގެލިއުން ހުށަހެޅުމުން ކޮންމެ ލިއުމަކަށް 1 މާކުހުގެ މަގުން ގިނަވެގެން 10 މާކުހާހަމައަށް މާކުސް ދެވޭނެއެވެ.
|
|
އިތުރު މައުލޫމާތު:
|
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް ބޭފުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6720602 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.
|
01 ރަޖަބު 1447
21 ޑިސެންބަރު 2025