މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮފީހުން 22 އޮކްޓޫބަރު 2015 ގައި ކޮށްފައިވާ 216MPAO/I/2015/44 ނަންބަރުގެ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމުތަކުގެ ތެރެއިން ތިރީގައިމިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

  1. 1. މަޤާމް: މެނޭޖަރ، ސޮފްވެއަރ ޑިވެލޮޕްމަންޓް

ބޭނުންވާ ޢަދަދު: 1 (އެކެއް)

މުސާރަ: 20,000.00 ރުފިޔާ

އެލަވަންސް: ނޮންޕްރެކްޓިސް އެލަވަންސްގެގޮތުގައި މަހަކު ގިނަވެގެން 4,500.00 ރުފިޔާ، މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ދެވޭނެއެވެ.

  1. 2. މަޤާމް: ސޮފްވެއަރ ޑިވެލޮޕަރ

ބޭނުންވާ އަދަދު: 2 (ދޭއް)

މުސާރަ: 16,000.00 ރުފިޔާ

އެލަވަންސް: ނޮންޕްރެކްޓިސް އެލަވަންސްގެގޮތުގައި މަހަކު ގިނަވެގެން 3,500 ރުފިޔާއާއި، މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެގޮތުގައި 50 ރުފިޔާއާއި، އިތުރުގަޑީގެ ފައިސާ، މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ދެވޭނެއެވެ.

ސުންގަޑި:

- މި މަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ފޯމާއި، މި މަޤާމުތަކުގެ ވަޒީފާ ބަޔާން މި އޮފީހުގެ www.pension.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިންޓަވިއު:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

ނޯޓު:

- މި އޮފީހުން 22 އޮކްޓޫބަރު 2015 ގައި ކޮށްފައިވާ 216MPAO/I/2015/44 ނަންބަރުގެ އިޢުލާނާ ގުޅިގެން މަތީގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން މި އިޢުލާނާ ގުޅިގެން އަލުން އެޕްލިކޭޝަން ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

- މި އިޢުލާނާގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް މީހުން ހޮވުމުގައި، މި އޮފީހަށް ކުރިން ލިބިފައިވާ އެޕްލިކޭޝަން ފޯމުތަކަށްވެސް ރިޢާޔަތް ކުރެވޭނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 1441

ފެކްސް: 3307759

އީމެއިލް: [email protected]

3 ޞަފަރު 1437

16 ނޮވެންބަރު 2015
ހޯދާ