ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އޮފީހުން 22 އޮކްޓޫބަރު 2015 ގައި ކޮށްފައިވާ 216MPAO/I/2015/44 ނަންބަރުގެ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމުތަކުގެ ތެރެއިން ތިރީގައިމިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
- 1. މަޤާމް: މެނޭޖަރ، ސޮފްވެއަރ ޑިވެލޮޕްމަންޓް
ބޭނުންވާ ޢަދަދު: 1 (އެކެއް)
މުސާރަ: 20,000.00 ރުފިޔާ
އެލަވަންސް: ނޮންޕްރެކްޓިސް އެލަވަންސްގެގޮތުގައި މަހަކު ގިނަވެގެން 4,500.00 ރުފިޔާ، މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ދެވޭނެއެވެ.
- 2. މަޤާމް: ސޮފްވެއަރ ޑިވެލޮޕަރ
ބޭނުންވާ އަދަދު: 2 (ދޭއް)
މުސާރަ: 16,000.00 ރުފިޔާ
އެލަވަންސް: ނޮންޕްރެކްޓިސް އެލަވަންސްގެގޮތުގައި މަހަކު ގިނަވެގެން 3,500 ރުފިޔާއާއި، މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެގޮތުގައި 50 ރުފިޔާއާއި، އިތުރުގަޑީގެ ފައިސާ، މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ދެވޭނެއެވެ.
ސުންގަޑި:
- މި މަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.
- އެޕްލިކޭޝަން ފޯމާއި، މި މަޤާމުތަކުގެ ވަޒީފާ ބަޔާން މި އޮފީހުގެ www.pension.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިންޓަވިއު:
މި މަޤާމްތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
ނޯޓު:
- މި އޮފީހުން 22 އޮކްޓޫބަރު 2015 ގައި ކޮށްފައިވާ 216MPAO/I/2015/44 ނަންބަރުގެ އިޢުލާނާ ގުޅިގެން މަތީގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން މި އިޢުލާނާ ގުޅިގެން އަލުން އެޕްލިކޭޝަން ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.
- މި އިޢުލާނާގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް މީހުން ހޮވުމުގައި، މި އޮފީހަށް ކުރިން ލިބިފައިވާ އެޕްލިކޭޝަން ފޯމުތަކަށްވެސް ރިޢާޔަތް ކުރެވޭނެއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ފޯން: 1441
ފެކްސް: 3307759
އީމެއިލް: [email protected]
3 ޞަފަރު 1437