ދިވެހިރާއްޖެ
"ކައުންސިލް ކަޕް 2025" ހޭންޑްބޯލް މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 3 (ތިނެއް) ރެފްރީންގެ ހުރުމާއި، ކެއުން އަދި ދޮވެއިސްތިރިކުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިދެންނެވި މުބާރާތް ކުރިއަށް ގެންދިޔުމަށް ތާވަލްކޮށްފައިވަނީ 27 ޑިސެންބަރު 2025 އިން 30 ޑިސެންބަރު 2025 ގެ ނިޔަލަށެވެ. އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ހުރުން ( ދެ ކޮޓަރި) ހަމަޖައްސައިދޭނެ ތަނުގެ ނަމާއި ރެއަކަށް ޖެހޭނެ އަގު، ކާންދޭނެ ތަނުގެ ނަމާއި އަދި މީހަކަށް ދުވާލަކަށް (04 ވޭލާއަށް - ހެނދުނު ސައި، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑު ކެއުން) ކާންދޭނެ އަގު އަދި ދޮވެއިސްތިރިކުރުމަށް މީހަކަށް ދުވާލަކަށް ޖެހޭނެ އަގު ބަޔާންކޮށް ސިޓީއަކުން މިކައުންސިލަށް ނުވަތަ މިކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް 21 ޑިސެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 10:30ގެ ކުރިން އަންގަވައިދެއްވުން އެދެމެވެ. އިސްވެ ދެންނެވުނު ކަންކަމުގެ ތެރެއިން ކޮންމެ ކަމަކަށް ވަކިވަކިންވެސް އަގު ހުށައެޅިދާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
